Support Us

މަގޭ ވަޠަނުގެ ކަރުސަތުނާމާ: އަޙުމަދު މަޠަރް

އެއް ދުވަހަކު އަހަރެންގެ ގެއަށް ޑަކައިތަކު ވަގަށް ވަދެއްޖެ އެވެ.

މަގޭ އަތުކުރި ގަޑިއާއި މާޖަހާ މުށިގަނޑާއި (އަންހެނުންގެ) ފައްޓަރުބައި ވަގަށް ނަގައިފިއެވެ.

މުދާކޮޅު ދަމައިގަތް ވަގުކަލޭގެ ހޯދަން މުޅި ރަށް ހޯދައިފީމެވެ.

މާރުކޭޓާއި ބާޒާރުތަކާއި ހުރަގެތަކަށް ދާންދެން ބަލައިފީމެވެ. ނުފެނުނެވެ.

މައްސަލަ ހުށަހަޅަން ފުލުހަށް ހިނގައްޖަައީމެވެ.

އެންމެ ބޮޑު ފުލުސްކަލޭގެ ކިބައިން، ޑަކައިތު ހައްޔަރުކޮށްދިނުމަށް އެދިއްޖައީމެވެ.

ވީގޮތް ކިޔައިދޭން އިން އިރު ބަލަގަ! އޭނާ އިނީ މަގޭ އަތުކުރި ގަޑި ކަހަލަ އަތުކުރި ގަޑިއެއް އަޅައިގެންނެވެ.

ދެންނެވީމެވެ. ސާހިބާއެވެ! ފަހަރެއްގައި އަޅުގަނޑުގެ ގެއިން ވައްކަންކުރި ވަގުކަލޭގެ ހައްޔަރު ކުރެއްވީތޯއެވެ؟

އަތުކުރީގައި ތިޔަ އޮތް ގަޑިއަކީ ކާބަފައިންގެ ކިބައިން އަޅުގަނޑު ވާރުތަ ކުޅަ ގަޑިއެކެވެ.

އޭނާ ވަރަށް ކޯފާވެފައި މަފަކީރު ކުޑަގޮޅިއެއްގައި އެކަހެރިން ހައްޔަރު ކުރުމަށް އަންގަވައިފިއެވެ.

އެއް އަހަރު ވުމުން މަ ހައްޔަރުން ނައްޓުވައި މިނިވަން ކޮށްފިއެވެ.

ނުހުރެވިގެން މައްސަލަ މަޙުކަމަތުއްޝަރުޢިއްޔާއަށް ހުށަހަޅައިފީމެވެ.

ޑަކައިތުކަލޭގެ އާއި ބޮޑު ފުލުހުގެ ޝަކުވާ ކުރުމަށް ހިނގައްޖައީމެވެ.

ފަނޑިޔާރު ކަލޭގެ ކުރިމަތީހުރީ މަގޭ މާޖަހާ މުށިގަނޑެވެ.

ދަންނަވައިފީމެވެ. އަޅުގަނޑުގެ ގެއިން ވައްކަންކުރި ކަލޭގެ ހައްޔަރު ކުރެއްވީ ދެއްތޯއެވެ؟ މިހިރަ މުށިގަނޑަކީ މަގޭ މިލްކެކެވެ. މާޖަހަން ގޭގައި ގެންގުޅުނު އެއްޗެކެވެ.

އެންމެން ހަނު ތިބެއްޖެއެވެ.

މަވެސް ބުނާނެ އެއްޗެއް ނޭނގިގެން ހަނުހުރެއްޖައީމެވެ.

ފަނޑިޔާރު ނުރުއްސަވައި އަހަރެން (އިހާނެތިކަމާއެކު) ބޭރަށް ލުމަށް ހުކުމް ކުރައްވައިފިއެވެ.

މަޙުކަމާގެ ހުރުމަތް ކުޑަ ކުރުމުގެ ތުހުމަތު ގައެވެ. މަށަށް ވެފައިހުރިވަރުން މިހުރެވުނީ ފަނޑިޔާރުކަލޭގެ ކުރިމަތީކަން ވެސް ނޭނގުނީ ތާ އެވެ.

ދެން މަދަދު ހޯދާން އަވަސްވެގަތީ އެންމެ ބޮޑު ގޮރުނުދޯރު އަރިހަށެވެ.

ކަންވީގޮތް ކިޔައި ހާސަރުތައް ދަމައިފީމެވެ.

މިވީގޮތުން މުލުވަގާއި އިސްފަނޑިޔާރާއި ގޮރުނުދޯރު ވެސް މަގޭ ހަތުރުންނަށް ވެއްޖެއެވެ.

ވީގޮތަކީ ގޮރުނުދޯރު (އެއް މިޔަކަނިން) ހެމުން މަށާ ދިމާއަށް ބަލައިލިއެވެ.

އަދި ބުންޏެވެ. ގޮރުނުދޯރުގެ ކަރުގައި އެއޮތީ މަގޭ ފައްޓަރުބަޔޭ ވެސް ކަލޭގެ ބުނެފާނަންތާއެވެ.

އަސްތާ ހަމަ ތެދެކެވެ. އެމަނިއްޕުޅުގެ ކަރުފުޅުގައި އެލުވާފައި އޮތީ މަގޭ ފައްޓަރުބަޔެވެ.

މަށަށް ހަގީގަތް އަދި މި ރޭކާލީ ކިރިޔާއެވެ.

މަށާ މަގޭ މުދަލާ އެއީ ގޮރުނުދޯރުގެ ތަކެއްޗެވެ.

މަގޭ ގެޔަށް ވަގަކު ވަނީއެއް ނޫނެވެ. އަސްލުގައި ވަގަކީ މަށެވެ.

***

މި ޅެމުގެ ޝާޢިރު އަޙުމަދު މަޠަރް އަކީ ޢިރާޤުގެ މަޝްހޫރު ޅެންވެރިޔެކެވެ. އޭނާގެ ޅެންތަކުގައި އަމާޒުކުރައްވަނީ އިޖުތިމާޢީ މައްސަލަތަކަށެވެ. އޭނާއަކީ ފުރައްސާރައިގެ ރާގެއްގައި، އެރަށުގައި ކަން ހިނގާ ގޮތާމެދު މުޖުތަމަޢު ހޭލުންތެރި ކުރުމަށް މަސައްކަތް ކުރެއްވި އިޖުތިމާޢީ ފާޑުކިޔުންތެރިއެކެވެ.

ترجمة : قُباد
مراجعة : حامد
ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ރާޖޭގެ ޙާލަތު ތިޔަ ސިފަކުރެއްވީ ހަމަ! ދުކްތޫރަށް ވަރަށް ވެދުން. މޮޅު ހުށަހެޅުމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *