Support Us

ގިނަ ނިޢުމަތުން ފުރިފައިވި މާތްވީ މައްސަރޭ

އައި މިއީ މަތިވެރިކަމާ ދަރުމައިގެ ފުރިހަމަ މައްސަރޭ
ގައިމުވާގިނަ ނިޢުމަތުން ފުރިފައިވި މާތްވީ މައްސަރޭ

ކޮންމެ ދުވަހަކު ފަޖުރުނުލަނީސް ހާރުކައިގެން ރޯދައަށް-
ހުންނައިރު، ޞަދަޤާތްދިނުން އިސްކޮށް ހަދާންވީ މައްސަރޭ

ގާތްތިމާގެ އަޚުންނަށާ އުޚުތުންގެ ޙާލަށް ވިސްނަމުން
ގާތްވެލައި އެކިއެކި އެހީ، ދީލަތިވެ، ދޭންވީ މައްސަރޭ

ގިނަގިނައިން ޤުރުއާނު ކިޔަވައި، އަދި އެހެން ރޭއަޅުކަމާ
ގިނަގިނައިން ކުރުމަށް އެދެވިގެންވާ މިއީ ހެޔޮ މައްސަރޭ

އެހެނިހެން މުސްލިމު އަޚުން އުޚުތުން އެކީގައި ހިމަނަމުން
ބެހިނުލައި އުނދަގޫ ނުކޮށް ހުންނަންޖެހޭ މީ މައްސަރޭ

ފަހު ދިހައިގައި އަންނަ މަތިވެރިވީ ޤަދަރު އުފުލުނު އެރޭ
އަހުރެމެން އިޙުޔާކުރާން ނުނިދައި ތިބޭންވީ މައްސަރޭ

ފިޠުރު ދީގެން ނަފުސު ކުނި މިލަތަކުން ޠާހިރުކުރާން
މިތުރުނާ މިލި، ގަދައަޅައި ހިތްވަރު ކުރާންވީ މައްސަރޭ

ބަދުރުގައި ހިނގި ޢިބްރަތުން ފުރިގެންވި މަތިވެރި ޙާދިސާ
އަދު ހަނދާނަށް ގެންނަމުން ދާންވީ އުފާވެރި މައްސަރޭ

ޔާއިލާހީ ދެއްވަވާނދޭ! ގިނަ ރަޙުމަތާ އަދި ފުއްސެވުން
މާ އިހަށް މާޒީވިހައި ކުށަކުން ދިނޭން އޮތް މައްސަރޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *