Support Us

ކޮންމެ ކަމަކީވެސް ކުޅަދުންވަންތަވެރިކަން

ފިތުނަވެރި ޖައްބާރު ނަމްރޫދުގެ ނުބައިވީ އޯޑަރަށް
މިތުރު އިބްރާހިމް ޚަލީލު ﷲ ލީ އަލިފާން ގަނޑަށް

އެހިނދު ﷲ ގެ އަމުރުފުޅު އައިހިނދުން އަލިފާންގަނޑަށް
މިތުރު ﷲ ގެ ޚަލީލް އަށް ވާށެ ފިނި އެއްޗެއް ކަމަށް

އެހިނދު ވަރުގަދަ މުޢުޖިޒާތެއް ދެއްކެވީ ﷲ މާތް
މިތުރު ﷲ ގެ ޚަލީލަށް ގިނި އެވީ ފިނި އެއްޗަކަށް

ޚާއިނުން، އަލިފާންގަނޑަށް ދަރުތައް އިތުރުކޮށް އެންދިޔަސް
ޚާލިޤުލް ކައުނައިން އަމުރުފުޅޭ އޮތީ އަލިފާންގަނޑަށް

ގެއްލުމެއް ނުވެޔޭ ޚަލީލު ﷲ މަތިވެރި ހަށިކޮޅަށް
ދެން އެޖައްބާރުން ބިރުން ތެޅި ފޮޅިގަތީ އެކިގޮތް ގޮތަށް

"އަދި އެއީ ސިޙުރެއްކަމަށް ބުނަމުން މިނުލަފާ ޖާހިލުން
ހަމަ އެއިން މީހަކު އެހިނދު ފުންމާލަނީ އަލިފާންގަނޑަށް"

"ދެން އެހިނދު އެކަލޭގެއަކު ގައިގާ އެހުޅުގަނޑު ރޯވެގެން
ދެން އެއޮށް އަނދަމުންދަނީ ފެނެޔޭ ބަލައި އެންމެން ލޮލަށް"

މިފަދަ އެތަކެއް މުޢުޖިޒާތެއް ދެއްކެވީ އެކި ބޭކަލުންނަށް
މިފަދަ ކަންކަން ބެލެވެނީ އިންސާނުނަށް ހުރި ޢިބްރަތަށް

ކޮންމެ ކަމަކަށް ވެސް އިރާދަ ކުރައްވަނީ ﷲ ކަން،
އޮންނަ ގޮތަކީ މީ ކަމަށް ނުބަލައިފި ނަމަ "ގޮވަނީ އަތަށް"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *