Support Us

މި ގައުމުގައި 65 އަހަރުވާ މީހުންގެ ހާލު

ފަސްދޮޅަސް ފަސް އަހަރުވީމާ ގައުމަކަށް ބޭނުންނުވޭ
"ގަސް މުށީގައި އިންދުމަށްވެސް" ޝަރުޠު ފުރިހަމައެއް ނުވޭ

ބޭންކަކުން ލޯނެއް ލިބޭތޯ ބޭންކަކަށް ހުށައެޅިޔަކަސް
ބޭންކު ސީ.އީ.އޯ އެބުނަނީ ޝަރުޠު ފުރިހަމައެއް ނުވޭ

ކޮންމެވެސް އެއްޗެއް ސްކީމުދަށުން ލިބޭތޯ، ފޯމު ލީމާ
ކޮންމެ ތަނަކުން އަންގަނީވެސް ޝަރުޠު ފުރިހަމައެއް ނުވޭ

ކިއްލިޔެއް މިންވަރު ފިހާރަޔަކުން ދަރަންޏަށް، އެދުނަކަސް
ހިތްނުރުހިފައި ސޭޓު ބުނަނީ ޝަރުޠު ފުރިހަމައެއް ނުވޭ

ވޮޗަރަކަށް ނަމަވެސް ވަޒީފާއެއް ލިބޭތޯ އުޅުނަކަސް
ވޮޗަރަކަށްވެސް ނުނެގުނީ އަދު ޝަރުޠު ފުރިހަމައެއްނުވޭ

އެކި މުނާސަބަތާ ގުޅޭ ޕާޓީތަކާ ޖާފަތް ތަކަށްވެސް
ދެކިލުމަށްވެސް ދާން އެތަނަކަށް ޝަރުޠު ފުރިހަމައެއްނުވޭ

ވެރިޔަކާ ބައްދަލުކުރަން އެދުނަސް ލިބޭ އެކިއެކި ޖަވާބުން،
"ގެރިޔަކަށްވުރެވެސް" އެކަމަކަށް ޝަރުޠު ފުރިހަމައެއްނުވޭ

ޕާކުގައި ފިނިކޮށްލުމަށް މަޑުކޮށްލިޔަސް ގޮވަމުންދަނީ،
ޕާކުގައި ތިބުމަށް ތި ޢުމުރެއް ޝަރުޠު ފުރިހަމައެއްނުވޭ

މަގު ހިނގާފައި މަގުހުރަސް ކޮށްލާ ވަގުތު އެ ގޮވާލަނީ
މަގު ހުރަސް ތިގޮތަށް ކުރާކަށް ޝަރުޠު ފުރިހަމައެއްނުވޭ

އެއްދުވަހު ރަސްފަންނުގައި ގޮސް ފޫހިފިލުވާލަން އިނީމާ
ފެންނަ ގިނަމީހުން ބުނޭ މިތަނަށް ޝަރުޠު ފުރިހަމައެއްނުވޭ

ވޯޓުލީ ދުވަހަކު ގެއަށް އައިބަޔަކު، ގެންގޮސްފައި ބުނީ،
ވޯޓުލާށޭ ތިޔަ ޢުމުރު ރަނގަޅޭ ބަރާބަރު! ޝަރުޠު ހަމަވޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. Bala mi iburaahim mohammadhu soalihuverikamah annan veevaudhuga buni umurun dhuvasvee meehunnah dhey fashaas rufiyaa hayhaas rufiyaa ah badhalukuraane vaahaga ekamu dheaharu vegen dhaairuves ebadhaleh naadhey buhuthaan dhoguhadhanee gaunuge verimeehaaves ehenveeiru ehenmeehun dhuvasvee meehunnah kihineh hadhaanee

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *