Support Us

ރޯދަމަސް އައުމުން

އައިހިނދުން ރަމަޟާން ކަރީމަށް އުފަލުގައި ބައްދަލުކުރޭ
ހައިނުކޮށް އަޅުކަންކުރުން ނަފުސަށް ތިމާ ލާޒިމުކުރޭ

ކޮންމެ ދުވަހަކު ފަޖުރުނުލަނީސް ހާރުކައިގެން ރޯދައަށް-
ހުންނައިރު، ޞަދަޤާތްދިނުން ވިސްނާ! ތިމާ މިސްކީނުނަށް
އޮންނަ ފުރިހަމަ ގޮތްމަތީން ރޭގަނޑުގެ އަޅުކަން ގިނަކުރޭ!

ވަގުތު ވީ ވަރަކުން ވި މާތް ޤުރުއާން ކަރީމުން މިންވަރެއް
"ޢަޤުދުކޮށްލަން" ކޮންމެ ދުވަހަކު ވިސްނުމީވެސް އަޅުކަމެއް
އަގު ލިބޭނީ ހެޔޮ ޘަވާބުގެ މިން ނުވާފަދަ މިންވަރޭ

ގާތްތިމާގެ އަޚުންނަށާ އުޚުތުންގެ ޙާލަށް ވިސްނަމުން
ވާތްގަކަށް ބޭނުން ވެދާހިނދުގައި އެހީތެރިކަން ދެމުން
މާތްވި މައްސަރުގައި މިފަދަ ހެޔޮކަން ނިކަން ގިނަވެސްކުރޭ!

މަންމައަށް ޙުރުމަތް އަދާކުރުމަށް އޮތީމާ ދީނުގައި
ދަންމަވައިތޯ ޢުމުރު އެދިގެން މާތް އިލާހަށް ދަންނަވައި
ދަންނަ ހެޔޮހާ ބަސްތަކުން، ކުރުމަށް ޚިޠާބު ހަނދާންކުރޭ!

ހެޔޮ ޢަމަލުތައް ގިނަކުރަން މާޒީ ކުރާ މީ އިލްތިމާސް
ހެޔޮ ބަހާ މަތިވެރި ސުލޫކުން ހިތްނިޔަތްކޮށްގެން ޚަލާޞް
ހެޔޮ އަދައިގެން ހެޔޮ ޢަމަލު ކުރުމަށް ނިޔަތް ޚާލިޞްކުރޭ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *