ދޫތައް ހަލުއި އުފުލާލަނީ ރަމަޟާން ކަރީމް
ރޫޙަށް ދިރުން ގެނުވާ ހިނދުން ރަމަޟާން ކަރީމް
ހިރަފުސްތަކުން ފެތުރޭ ޒަމާނުގެ ވީ ކިލާ
ފިރެމުން ހަވާސާ މަގުތަކަށް މަގު ފަހިވެލާ
ނެރެދޭން ނަފުސު ފިރުމާ ހަނދުން ރަމަޟާން ކަރީމް
ހައިބަތުގެ އަހުވައިގާ އެތިބަ ލޯތައް ނިދޭ
ހައިކަމުގެ ނާޞިޙު މަޑުމަޑުން ހުޅުވާލަދޭ
ފައިތިލަ އަމާން ބީއްސާ ހިނދުން ރަމަޟާން ކަރީމް
މަތިވެރި އިލާހީ ފޮތުގެ ދަންމަރު ދިއްލަމުން
ލަތިދީ މަގުން ފަތަހައިގެ ދޮރުކޮޅު ހުޅުވަމުން
ގަތިފާ ފަތިސް އަލިކުރި ހިނދުން ރަމަޟާން ކަރީމް
މުޝްރިކުތަކުންގެ ސިލޭހަތައް ވިއްސާލަމުން
މުސްލިމް ވިދާ ކަނޑިތައް އުޑަށް އުފުލާލަމުން
މުސްތަގުބަލެއް ސިފަކުރި ހިނދުން ރަމަޟާން ކަރީމް
ތަޤުވާގެ ފޭރާމުން ނަފުސު ޒީނަތް ކުރާ
ތައުބާގެ ހުވަނދުން ރޫޙުތައް އެއްވަސް ކުރާ
ދައުރެއްގެ ދިދަ އުފުލާ ހިނދުން ރަމަޟާން ކަރީމް