Support Us

ރޯދަމަސް އައުމުން ކުރެވޭ އުންމީދު

ރަޙުމަތުގެ މައްސަރު އައިސް ބަރަކާތްތަކޭ ފަތުރައިލަނީ
އަހުލުނަށް ގިނަގުނަ ޘަވާބުން ކުރިމަގޭ ރޯޝަންވަނީ
ވަހުމުތައް ދޫކޮށް ޞިރާޠުލްމުސްތަޤީމަށް ވަންނަނީ

ހެޔޮ ޢަމަލުތައް ގިނަކުރުން އޭ އޮތް ތިބާއަށް ފުރުޞަތެއް
ހެޔޮ ކަމާ ގިނަ ދަރުމައިން މަންފާ ލިބޭނޭ މޮޅު ގޮތެއް
ހެޔޮ ބަހެއް ނޫނީ ނުބުނެ ހުރުމޭ އަބަދު ލާޒިމު ވަނީ

ފަސްވަގުތު ހަމަޔަށް އަދާކޮށް މުޅި ދުވާލުގެ ވަގުތުގައި-
ގަސްތުގައި ނިޔަތާ އެކީގައި ރޯދަޔަށް ހުރެ އެގޮތުގައި
މަޞްލަޙަތު އިސްކޮށް މި މައްސަރު ހޭދަކުރުމޭ އޮންނަނީ

ރަޙުމަތުގެ ފުރަތަމަ ދިހައިގައި ލިބުނު އަޖުރާ ހެޔޮ ސަވާބު
އަޚުތަކުންނަށް ބަސްތަކުން ހެޔޮ ވިސްނުމަށް ގެނުވައި "ޖަވާބު"
"ފަހު ދުވަސް" އަންނާނެކަން ދަނެގެން މިކަން ބޭނުން ވަނީ

ރުއްސެވުންވޭ މެދު ދިހައިގައި ރޯދަވެރިޔާ އަށްޓަކައި،
ފުއްސެވުން ދީލަތި އިލާހީ ދެއްވަޔޭ އަބަދަށް ޓަކައި
ހުސްވުމެއް ޙައްދެއް ނުވާ ފަދަ މިންވަރަށް ދެއްވުން ވަނީ

ފަހު ދިހައިގައި އޮންނަނީ މަޣުފިރަތު އެދިގެން ދެންނެވުން
ފަހު ދުވަހު ބަރުވާނެހެން ޢަމަލާ ސުލޫކާ ހޭނުވުން
ރަޙުމަތޭ މުޅި ރޯދަމަހު މި ގޮތަށް އުޅޭ ނަމަ ދެއްވަނީ

މަރު އަމާންކޮށްދެއްވަވައިތޯ، ފާފަތައް ވެސް ފުއްސަވައި
ހަރުދަނާ އީމާންކަމާ އެކު މާތް އިލާހަށް ދަންނަވައި،
ދަރުމައަށް އެދި ދިންނެވުން އެދި އަތްތަކޭ އުފުލައިލަނީ!

ހެޔޮއެދުން މާޒީގެ ފޮނުވައި ހެޔޮއަދައި މުޚުލިޞް ހިތުން
ހެޔޮ ކަމާ ފާގަތިކަމަށް އެދި ހެޔޮ ދުޢާކުރަމުން ދުލުން
ވެޔޮ ދެމޭހެން ހެޔޮކަމޭ ފަތުރައިލުމަށް އެދިގެން ވަނީ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *