ވާރެއާ ތެމުން އެއީ ސުންނަތެއްތޯ؟
އާދެ. ވާރެއާ ތެމުން އެއީ ސުންނަތެކެވެ!
އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި އަނަސް ބުން މާލިކް ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާކުރެއްވިއެވެ.
"އަހަރެމެން ރަސޫލުﷲ ﷺ އަރިހުގައި ވަނިކޮށް އަހަރެމެންގެ މައްޗަށް ވާރޭވެހުނެވެ. ރަސޫލުﷲ ﷺ އެކަލޭގެފާނުގެ ހަށިކޮޅަށް ވާރޭ ވެހޭނެހެން، ހެދުމުން ބައެއް ކަޝްފު ކުރައްވައި ތެންމާލެއްވިއެވެ.
އަހަރެމެން ދެންނެވީމެވެ.
"އޭ ﷲގެ ރަސޫލާ އެވެ! ތިހެން ކަންތައް ކުރެއްވީ ކީއްވެގެންތޯ އެވެ؟"
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
"އެ (ވާރޭ) އައީ އޭގެ މަތިވެރި ރައްބުގެ ޙަޟްރަތުން ކަމުގައި ވާތީއެވެ."
– صحيح المسلم 898 –
އިމާމް ނަވަވީ މި ޙަދީޘްގެ ޝަރަޙައިގައި، އެއީ އެމީހެއްގެ ޢައުރަ ނޫން ބައެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ވާރޭ ވެހުމުން ކުރެވިދާނެ 6 ސުންނަތެއް
1. ވާރޭ ވެހުމުން ކިޔާ ދުޢާ ކިޔުން.
އެންމެ ފުރަތަމަ ކަމަކަށް ވެސް ވާރޭ ވެހުމުން މިދުޢާ ކިޔުން:
“اللّهُمَّ صَيِّـباً نَافِعاً”
މާނައީ: "ޔާ ﷲ، މިވާރޭއަކީ ފައިދާ ހުރި ވާރޭ އެއްކަމުގައި ލައްވާނދޭވެ!"
– މުސްނަދު އަޙްމަދު (24144) –
2. ވާރޭ ވެހޭ ހިނދު ދުޢާ ކުރުން.
އެ ވަޤުތުތަކުގައި ދުޢާ އިޖާބަ ކުރެވޭ ވަޤުތުތަކުގެ ތެރޭގައި ވާރޭ ވެހޭ ހިނދު ކުރެވޭ ދުޢާ ވެއެވެ.
ވީމާ މިފުރުޞަތު ނަގާނުލާށެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
"ދެ (ދުޢާއެއް) ރައްދު ނުކުރެވޭ ހުއްޓެވެ. (އެއީ) ބަންގިއަށް ފަހު ކުރެވޭ ދުޢާ އާއި ވާރޭ ވެހޭ ވަޤުތު ކުރެވޭ ދުޢާ އެވެ."
– އަލްޙާކިމް (މުސްތަދްރިކު 2534) –
4. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބައިން ރައްކާތެރި ކަމަށް އެދުން.
ގަދަ ވިއްސާރައިގައި މިދުޢާ ކިޔުން ސުންނަތް ވެގެންވެއެވެ.
“اللّهُمَّ حَوَالَيْنَا وَلَا عَلَيْنَا”
މާނައީ: "ޔާ ﷲ، އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވެއްސަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް (މިހާރު) ނުވެއްސަވާނދޭވެ!"
– ބުޚާރީ (933) –
5. ގުގުރި ޖަހާނަމަ އަންނަނިވި ޛިކްރު ކިޔުން:
ރަސޫލުﷲ ﷺ އަށް ގުގުރީގެ އަޑު އިވިވަޑައިގެންފިނަމަ ވާހަކަ ދެއްކުން ހުއްޓާލައްވައި ވިދާޅުވިއެވެ.
"سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ"
މާނައީ: ”ގުގުރި އެފަރާތަކަށް ޙަމްދާއެކު ތަސްބީޙަ ކިޔާ ފަރާތް އަދި މަލާއިކަތުން އެފަރާތަކަށް ބިރުވެތިކަމާއެކު ތަސްބީޙަކިޔާ ފަރާތުގެ ހުސްޠާހިރުވަންތަކަމާއެވެ.“
6. ވާރޭ ވެއްސެވިކަމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދުކޮށް ޝުކުރު ކުރުން.
ވާރޭ ހުއްޓުމުން އަންނަނިވި ޛިކްރު ކިޔުން:
“مُطِرْنَا بِفَضْلِ اللّهِ وَرَحْمَتِه”
މާނައީ: "އަހަރެމެންނަށް ވާރޭ ވެހުނީ ﷲގެ ފަޟްލަވަންތަވެރިކަމާއި ރަޙްމަތުންނެވެ."
ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ:
"މިހެން ބުނެފި މީހަކީ، ތިމަންކަލޭގެފާނަށް އީމާންވެ، ތަރިތަކަށް ކާފަރު ވެއްޖެ މީހެކެވެ."
– ބުޚާރީ (1038) –




advertisment