ހުޅުވިފައި ހިތްތައް ވިޔަސް އަތްތައް ވަނީ ތަޅުއެޅުވިފާ
ގުޅުވަމުން ބޭރާއި އެތެރެއިން ކުޅުނު ކުޅިވަރު ހުއްޓިފާ
އަތުގެ ކުޑަވާއިނގިލި ހަލުވާލާ ތަނަށް ވެސް ބާރުލާ
ދަތުރު ކުރި މާޒީގެ ޖޯޝާ ފޯރިއާ ވީ ފިނިވެފާ
ހައިބަތާ ގަދަރާ ވެށިން މުޅި ހައިނުކޮށް ލިބެމުން އެއައި
ވައިގެ ފައްސިއަތަށް ފިރާލީމާ ރިޔާ ވީ ގެއްލިފާ
ބުނިގޮތަށް އުނިހާ ކަމެއް ފޮނިކޮށް ހަދާތީ އަދު ވަނީ
ދުނިޔެ ދައްކާ ކަޅިމަތީ ކަޅު ހިޔަނި ފަރުދާ އެޅުވިފާ
ނަޒުރުކޮށް ވިއްކާލުމުން ނަފުސާ މުރުއްވަތު ރޭހުގައި
އަޒުމުތައް ސާބިތުކަމާ ހުރި ގެއްލި މިވަނީ ފިނޑި ވެފާ
މަގުސަދާ ގަސްދާއި ބޭނުން އޭގެ ފޭރާން ބަދަލުކޮށް
މަގުމަތީ ބާޒާރުގައި އަދި ބަރަހަނާ މިވަނީ ވެފާ