Support Us

ޢުމުރާއަށް ދެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްގެން

ޢުމުރާއަށްދާ މީހުންނަށް ވެސް މަސްޖިދުލްޙަރާމާއި މަސްޖިދުއްނަބަވީއަށް އަންނަ މުލަ ރޯދަ ދުވަހުން ފެށިގެން ވަދެވޭނީ ކޮރޯނާ ވައިރަހަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްގެން ކަމުގައި ހަމަޖައްސައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގައި އިއްޔެ ޢާންމު ކޮށްފައިވާ އާ އުޞޫލުގައިވަނީ، ވެކްސިންގެ ޑޯޒު ފުރިހަމަ ކޮށްފައި ވިޔަސް ސައޫދީ ޢަރަބިއްޔާއިން ކަނޑައަޅައިފައިވާ އެހެން ހުރިހާ އުޞޫލުތަކަކަށް ވެސް އެ މީހަކު ޢަމަލުކުރާންޖެހޭނެ ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފައިވާ ގޮތުގައި، ޢުމްރާގެ ނިޔަތުގައި ނުވަތަ ނަމާދެއް ކޮށްލުމަށް ޓަކައި ވެސް މަސްޖިދުލްޙަރާމާއި މަސްޖިދުއްނަބަވީއަށް ވަދެވޭނީ ކޮރޯނާއަށް ދޭ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. ދައުލަތުގެ މީޑިއާއާ ޙަވާލާދީ "ޖީއޯނިއުސް" ބުނާ ގޮތުގައި ޢުމުރާއަށް ދާ މެހުމާނުން، އެ މީހުން ދާނެ ތާރީޚާއި ލަފާކުރާ ގަޑި ދުރާލައި އަންގާން ވެސް ޖެހޭނެއެވެ. އަދި ވެކްސިންގެ ކަންކަން ފުރިހަމަކޮށް ތާރީޚާއި ގަޑި ދުރާލައި އެންގި ކަމުގައި ވިޔަސް މާސްކުއެޅުމާއި ގައިދުރުކަން ފަދަ، ކޮވިޑާ ގުޅިގެން ޢަމަލުކުރާން ކަނޑައަޅައިފައިވާ ހުރިހާ ގަވާއިދަކަށް ވެސް މެހުމާނުން ޢަމަލުކުރާންޖެހޭނެއެވެ.

އާ އުސޫލަށް ޢަމަލުކުރާން ފަށާނީ މުލަރޯދަދުވަހުން ފެށިގެން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މިއަހަރު ރަމަޟާން މަސް ފެށޭނެ ކަމަށް ފަލަކީ ހިސާބުން ދައްކަނީ މި މަހު 13 ވާ އަންގާރަ ދުވަހުއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް