Support Us

ސާޅީސް ދުވަހުގެ ތެރޭގައި މިލިޔަނެއްހާ މީހުންނަށް ދެކުނުކޮރެއާގައި ވެކްސިން ޖަހައިފި

ވެކްސިން ޕްރޮގްރާމް އިފްތިތާޙުކުރިތާ އެންމެ ސާޅީސް ދުވަހުގެ ތެރޭގައި ދެކުނު ކޮރެއާގައި މިލިއަނެއްހާ މީހުންނަށް ވެކްސިން ދީފިއެވެ.

ދެކުނުކޮރެއާގެ ބަލި ކޮންޓްރޯލުކުރުމާއި ރައްކާތެރިކުރުމާ ބެހޭ އިދާރާ "ކޮރެއާ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އޭޖެންސީ (ކޭޑީސީއޭ)"އިން ހާމަކޮށްފައިވާ ގޮތުގައި ނުވަލައްކަ ނުވަދިހަ ނުވަހާސް އަށް ސަތޭކަ ހަތްދިހަ މީހުންނަށް މިއަދާ ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދެވިއްޖެއެވެ. އެއީ އެ ގައުމުގެ 52 މިލިއަން މީހުންގެ އާބާދީގެ 1.92 އިންސައްތައެވެ. މީގެ ތެރެއިން ހަތާވީސް ހާސް ހަ ސަތޭކަ ނުވަދިހަ އެކަކަށް މިހާރުވަނީ ވެކްސިންގެ ދެވަނަ ޑޯޒު ވެސް ޖަހައިފައެވެ.

ފެބްރުއަރީ 26ގައި ވެކްސީންގެ ޕްރޮގްރާމް ފަށައިގަތް އިރު، ފުރަތަމަ ވެކްސީން ދިނީ ދިގު މުއްދަތަކަށް ހޭހަންކުރާ މަރުކަޒުތަކުގައި ތިބި އުމުރުން 65 އަހަރުން މަތީގެ އިސް ރަށްވެހީންނާއި ސިއްޙީ ހޭހަން މަސައްކަތްރީންނާއި ކޮވިޑްގެ ހާލަތުގައި އިސް ސަފުގައި ޚިދުމަތްކުރާ މަސައްކަތްރީންނަށެވެ.

މީގެ ތެރެއިން އަށް ލައްކަ ހަތްދިހަ ހާސް ހަތް ސަތޭކަ ސައުވީސް މީހުންނަށް ދެ ޑޯޒު  ދީފައިވަނީ ސްވިޑުންގެ ބޭސްވެރިކަމުގައި މަޝްހޫރު އެސްޓްރާ ޒެކާއާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާ ގުޅިގެން އުފެއްދި "އެސްޓްރާޒެނެކާ" ވެކްސިނެވެ. އަދި އެއް މިލިއަން ނަވާވީސް އެއް ސަތޭކަ ފަންސަޔާޅީސް މީހުންނަށް ދެ ޑޯޒު ދިނީ އެމެރިކާއިން ޖަރުމަނުވިލާތުގެ ފައިޒާރ އިންކޯޕަރޭޓޭޑް ގުޅިގެން އުފެއްވި ވެކްސިނެވެ. މި ވެކްސީން ފުރަތަމަ ދިނީ ޑޮކުޓަރުންނާއި ނަރުހުންނާއި ކޮވިޑްގެ ބަލި މީހުންނަށް ޚިދުމަތްދޭން އުޅޭ ޞިއްޙީ ޚިދުމަތްތެރީންނަށާއި ވެރިރަށުގެ ސަރަޖައްދުގައި ދިރިއުޅޭ މީހުންނަށެވެ.

ޢާންމު ރައްޔިތުންގެ ތެރެއިން ފުރަތަމަ ވެކްސީން ދީފައިވަނީ އުމުރުން 75 އަޖަރުން މަތީގެ މީހުންނަށެވެ. އަންނަ މޭ މަހުގެ ތެރޭގައި އުމުރުން 74 އަހަރާއި 65 އަހަރާއި ދެމެދުގެ ރައްޔިތުންނަށް ވެކްސީންދީ ނިންމާން ރާވައިފައިވާ ކަމަށް ކޭޑީސީއޭ އިން ވަނީ ހާމަކޮށްފައެވެ.

އެސްޓްރާޒެނެކާ ވެކްސީންގެ ޝިޕްމަންޓެއް ގައުމަށް ލިބުމުގައި ލަސްތަކެއް ދިމާވިޔަސް މިހާރު ވަނީ މި އަހަރުގެ ފުރަތަމަ ބައިގައި އެ ޝިޕްމެންޓް އައުމަށް ތާވަލުކުރެވި އެކަން ހަމަޖެހިފައި ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބަޔާންކޮށްފައެވެ.

ކޭޑީސީއޭ އިން ހާމަކުރާ ގޮތުގައި އަންނަ ޖޫންމަހުގެ ނިޔަލަށް 18.08 މިލިއަން ޑޯޒު ވެކްސިން ގައުމަށް އެތެރެވާނެއެވެ. މީގެ ތެރެއިން 2.69 މިލިއަން ވެކްސިންގެ ޑޯޒު ވަނީ މާޗް މަހު ބޯޓަށް ބަރުކުރެވިފައެވެ.

އެޕްރީލްމަހާއި ޖޫންމަހުގެ މުއްދަތުގައި އެންމެ މަދުވެގެން 15.39 މިލިޔަން ޑޯޒުގެ ވެކްސިން ކޮރެއާއަށް ގެނެވޭނެކަމުގެ ޔަގީންކަން މިހާރުވަނީ ލިބިފައެވެ. އޭގެ ތެރޭގައި 9.1 މިލިއަން އެސްޓްރާޒެނެކާ ވެކްސީން ވެސް ހިމެނެއެވެ.

މި ވެކްސިން ދިން ފަހުން 36 މަރެއް ވަނީ ރިޕޯޓްކުރެވިފައި ކަމަށް ޞިއްޙީ އިދާރާއިން މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ވެކްސިޔާއި އެ މަރުތަކާއި ވެކްސިނާ އެއްވެސް ގުޅުމެއް ހުރިކަމެއް އަދި އެނގިފައެއް ނެތެވެ. ނަމަވެސް އޭގެ ތެރެއިން 19 މަރެއް ތަޙުލީލުކޮށް އެ މަރުތަކާ ވެކްސިނާ އެއްވެސް ގުޅުމެއް ނެތްކަން ވެސް މިހާރުވަނީ ޔަގީންކުރެވިފައެވެ. އެހެން މަރުތައް ވެސް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަގެންދެވެއެވެ.

އަންގާރަ ދުވަހުގައި ވެސް ކޮވިޑްގެ އިތުރު 475 ވޭދަނަ ވަނީ ކޮރެއާއިން ރިޕޯޓްކުރެވިފައެވެ. މިއަދަދާއެކު ދެކުނު ކޮރެއާއިން ކޮވިޑުޖެހު މީހުންގެ އަދަދު ވަނީ އެއް ލައްކަ ހަ ހާސް ދުއިސްއްތަ ތިރީއަށް އަރައިފައެވެ. ދެކުނުކޮރެއާއަކީ ދެކުނު އިރުމަތީ އޭޝިއާގައި ކުރިއަރައިފައިވާ ޤައުމެއް ކަމުގައި ބެލެވޭ ގައުމެކެވެ.

(ބަރްނާމާ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *