Support Us

ޚާއްޞަ މޫސުން

ކިހިނެއް ވެގެންބާ މި އުޅެނީ އަހަނީ ގުޅައިގެން ނުގުޅިޔަސް
އަހަރެންގެ ޙާލާ އެންމެނާ މި ހިނދަށް ރަނގަޅުކަން އެނގިޔަސް

އެއްވެސް ކަމެއް މުހުތާދުތޯ، އެއްވެސް ކަމެއް އޮތްތޯ އަހައި
ދެން ވެސް ގުޅާނެކަމަށް ކިޔައި، ގުޅަނީ ފަހުން ވެސް ނޭދުނަސް

ކުޅިވަރު މުބާރާތެއް ބޭއްވުމަށް އެދިގެން އެހީއެއް ހޯދުމަށް
ގުޅިޔަސް ޖަވާބެއް ހަމަ ނުދީ ފާއިތުވިޔޭ ތިން އަހަރު ވެސް

ވާދައިގެ ތައްޓަށް ބޮޑު މުބާރާތެއް މި ތާ ރާވައި ފަހުން
"އާދައިގެ" އަގުބޮޑު ފުޓުސަލެއް ރާވައިލިޔޭ އުނދަގޫ ވިޔަސް

ޓިނުތައް ފުރާޅުގެ ބާވެފައި ހުރިކަން މިއަދު އެނގިގެން އައިސް
ދިނުމަށް އަދައިގެން އައިސް ގެޔަށް ރުފިޔާދެނީ ހަމަ ނުހިފިޔަސް

ރަށުގައި މުހިންމުކަމަށް ވިޔޭ ހަސަނާ މުހަންމަދު، އަހުމަދާ
ރަށުގައި ކުރީން ތިބިކަން އެ މީހުން އޭރުގައި އެނގިފައި ނެތަސް

އަސުރަށް ފަހުން ކެންޓީނުތައް ފުރިބާރުވޭ ދީލަތި ސަޔަށް
އަހުރެން އެހެން ގޮސް ނޫޅެމޭ ކޮންމެސް ބަޔަކު އެގޮތަށް ދިޔަސް

ހަ ދުވަހު ގެޔަށް އައި އައުމުގައި އުނދަގޫތަކެއް ވީމާ މަށަށް
އަދުގައި މަށަށް ބުނެވިއްޖެޔޭ ދަފުތަރުގެ ނަން ރަށު މީހަކަސް

އެ ފަހަރު އެހެން ބުނެވުނު ހިނދުން ވެއްޖޭ ބަދަލު ހުރިހާ ކަމެއް
އެ ފަހުން މަމީ ހުރި މީހަށް ވެސް ނުބަލަޔޭ ޖެހިގެން ދިޔަސް

އާ ކަންކަމެއް ނޫނޭ މިއީ، "މާޒީ"ން ހަގީގަތް އަންގަޔޭ
ވާކަން މިހެން މި ގޮތަށް މިއީ ތަކުރާރެކޭ އެންމެން ދަތަސް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *