Support Us

ކަމުގެ އަޞްލެއް ނުވޭ ބަދަލެއް

ނަމެއް ކުރިޔަސް ބަދަލު ޢަމުދުން، ކަމުގެ އަޞްލެއް ނުވޭ ބަދަލެއް
ކަމެއް ހަމަ އޮތް ގޮތަށް އޮވެދޭ، ބަދަލުކުރިޔަސް، ދިނަސް ވަނަމެއް

ރިބާއަށް އާ ނަމެއް ކިއްޔަސް ހަގީގަތް އަޞްލުގައި އޮވެދޭ
މި ބައިމީހުން އެޔަށް ވަނަމެއް ދިނަސް ނުވެޔޭ އެޔެއް ބަދަލެއް

ކުރާ ވައްކަން އެއީ ކަޓެކޭ، އެއީ ހަދިޔާއެކޭ ބުންޏަސް
މުރާދާ އަސްލުގައި ގައިމޭ އެއީ ހަމަ ވައްކަމުގެ އަމަލެއް

ޕިޔޯނަށް ނަން ބަދަލުކޮށްގެން، މެސެންޖަރު ސުންކުކޮށްލިއަކަސް
މިޔޯ ހަމަ އެއް ކަމެއް ކުރުމަށް ތިބޭ ބަޔެކޭ، ނުވޭ ބަދަލެއް

މަސައްކަތު މީހުނަށް އާމިލު ކިޔައިގެން އާ ނަމެއް ދިނަކަސް
މަށަށް ވެސް ދޭހަވޭ ބަދަލެއް ނުވާނޭ އޭގެ އޮތް އަސްލެއް

ކޮބާ ސީކްރެޓަރީގެ މަގާމުގައި ތިބިހާ ކުދީން އަންހެން
އޮބައިލީ އޮފިސަރެއްގެ ނަމުން ނަމެއް ދީގެން ނެތަސް އަސްލެއް

ހިފާ ރިޝްވަތު، އެއީ ހަދިޔާއެކޭ ކިޔަކަސް ޒަމާނީކޮށް
މި ފާޑުގެ ކޮންމެ އެއްޗެއް ވެސް ޙަރާމޭ ހައްގު ނޫން މުދަލެއް

ޒިނޭކޮށްފައި މިއީ ރުހިގެން މަ ދިން އަދި ހޯދި ޚިދުމަތެކޭ
ދިނޭނޭހޭ…. ބުނީމާ އޭގެ ހުކުމާ އަދި ނުބައި އަމަލެއް

މި ބީދައަކުން ބަލާއިރުގައި ސިފައިންނަށް އޮފިޝަލޭ ކިޔަކަސް
ތިބީންނަށް… އާދެ! މާޒީއަށް، އޮޅޭނޭހޭ، ގެނައި ބަދަލެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޅެމުގެ އެތެރޭގައި މި ހުންނަ އިޞްތިހާރު ބައިތުތަކުގެ މައްޗަށް ނުވަތަ ތިރިއަށް ލީމާ ޅެމަށް ޅެމުގެ ސިފަ އަންނާނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *