އިހުސާސްތަކާ ޝުޢޫރު ހިތުގެ ހާމަވާން ދަތީ
ޖަޒުބާތު ހިތުތެރޭވި ބަޔާންކޮށް ދިނުން ދަތީ
ބާކީކުރުން ޖަމާއަތު ނުރުހުންމެ ނޭދެމޭ
ޝާމިލްވެގެން އުފާތަކު އުޅުމޭ މި ބޭނުމީ
ނުކުރޭ ގަނާ! ދުލުން މި ބުނާށޭ މަށަށް ދަތީ
ޖަޒުބާތު ހިތުތެރޭވި ބަޔާންކޮށް ދިނުން ދަތީ
އުނދަގޫވިޔަސް މިޒާޖުގެ ހަލަބޮލި މި ހުރި ގޮތުން
އުނދަގޫވެޔޭ ތަފާތު ކުރުން ގެންގުޅޭ ގޮތުން
އުނދަގޫތަކާ ތުރާމި ކިޔައިދޭން ހިތުން ދަތީ
ޖަޒުބާތު ހިތުތެރޭވި ބަޔާންކޮށް ދިނުން ދަތީ
އުންމީދުތައް ވެޔޭ ހިތު ހާސިލް ކުރަން އެދޭ
އުންމަތުގެ ހިތްވަރާ އެހީ މިކަމަށް ޓަކައި ވެދީ
އުންމީދުތައް ކުރާ ފޮނި ރަނގަޅަށް ބުނަން ދަތީ
ޖަޒުބާތު ހިތުތެރޭވި ބަޔާންކޮށް ދިނުން ދަތީ