ތޫފާންގެ މަތިން ދުނިޔެ ހަނދާން ނެތުނެވެ.
މޫސުމް މޯޅިއަކަށް ދެމިލި އެވެ.
މާމެލާމެލި ފަރިކަމާ ނަލަކަމުގެ ވާދައަށް ތުން ހުޅުވާލި އެވެ.
ހިމޭން މިއުޒިކާ އެކު ޖެހެމުން ދިޔަ ވައިރޯޅި މާތަކުގައި އުނގުޅާލި އެވެ.
މެދުއުޑުގައި ހަނދު ވިދަމުން ދަނީ އެވެ.
ހަނދުގެ އަލިކަމުގެ ތެރޭގައި ތަރިތައް ބޮނދަނީ އެވެ.
ވިލާކޮޅު ސިއްރުސިއްރުން ބަލާލި އެވެ.
ފެތުރިފައިވާ އުޑުގެ އޮމާން ނޫކަމުގެ މައްޗަށް ލަދުވެތިވިއެވެ.
ލޮލުގެ ފެނުން ތެދެއް ނޫނެވެ.
މިރީތި މޫސުމަކީ އަނިޔާ އެކެވެ.
ހަނދާނުގެ ޚަޒާނާގައި ވަނީ އެންމެ ކީސާއެކެވެ.
އެއީ އެރޭގެ ހަނދާންތަކެވެ.
