Support Us

ވިއްސާރައާ ގުޅިގެން އައްޑޫ އާއި ފުވައްމުލަކު ރައްޔިތުންގެ ޙާލު ރައީސް ބައްލަވައިލައްވައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީއަށާއި ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދިޔުމާ ގުޅިގެން، އެ ދެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންގެ ޙާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިޤާއި ފުވައްމުލަކު ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފްގެ އިތުރުން އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖްލިސް މެންބަރުންނާވެސް ވަކި ވަކިން މިރޭ ފޯނުން ގުޅުއްވައި، އެ ދެ ސިިޓީގެ އެންމެ ފަހުގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުއްވައި، ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ޙައްލުކޮށްދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *