ސުވޭސް ކެނެލަށް އުރުނު ބިޔަ ކޮންޓޭނަރު ބޯޓު "އެވަރ ގިވެން" ފުންކުރެވުމާ ވިދިގެން މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއްސީސީ އެ މަސްއަލަ ނިމިއްޖެކަމަށް ވިދާޅުވެ ދުނިޔެއަށް ހިތްހަމަޖެހުން ދެއްވައިފިއެވެ.
ރައީސް ސީސީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސުވޭސް ކެނެލްގެ ދަތުރުތައް ހުއްޓުވައިލި ބޯޓު ފުންކުރުމުގެ މަސައްކަތް މިޞްރު މީހުން ކާމިޔާބުކަމާއެކު ކޮށް ނިންމާލައިފިއެވެ. މި ކެނެލް ބަންދުވެފައި އޮތް އޮތުން ނިމުމަކަށް ވަރަށް އަވަހަށް އަންނާނެއެވެ. ރައީސް ސީސީގެ ރަސްމީ އެކައުންޓުން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ. ((ބޯޓު ފުންކުރުމުގައި ލިބުނު ކާމިޔާބީއާ ވިދިގެން ދުނިޔެއަށް ބޭނުންވާ މުދަލާއި އެހެނިހެން ބާވަތްތައް ދަތުރުކުރާ ރާސްތާއާމެދު އަހުރެމެން މުޅި ދުނިޔެއަށް ހިތްހަމަޖެހުން ދެމެވެ."
ރައީސް ސިސީގެ ޓްވީޓް ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ސުވޭސް ކެނެލަށް އުރުނު ބޯޓުގެ ސަބަބުން އުފެދުނު މަސްއަލަ މިޞްރު މީހުން މި ވަނީ ކާމިޔާބުކަމާއެކު ޙައްލުކޮށްފައެވެ. އެއީ ފަންނީގޮތުން ބަލާއިރު ވަރަށް އޮޅުންބޮޅުންކަން ބޮޑު މަސްއަލައެކެވެ." ރައީސް ސީސީގެ ޓުވީޓްގައި މި މަސައްކަތުގައި ފަންނީ ގޮތުންނާއި ޢަމަލީގޮތުން ބައިވެރިވި ހުރިހާ މިޞްރު މީހުންނަށް ޝުކްރު އަދާކުރައްވާފައި ވެއެވެ. ރައީސް ސީސީ ވިދާޅުވިއެވެ. "އެމީހުންނަކީ އަބަދުވެސް މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރު ބައެއްކަން މިޞްރު މީހުން މިއަދުވެސް ސާބިތުކޮށްދީފިއެވެ. އެމީހުންގެ ކާފައިން އެމީހުންގެ ހަށިތަކުން ކޮނެ، އެމީހުންގެ ބަފައިން އެމީހުންގެ ފުރާނައިން ދިފާޢުކޮށްފައިވާ ކެނެލް މިޞްރުގެ ޢަޒްމުގެ ވަރުގަދަކަމަށް ހެކިދިނުމުގައި ދެމިއޮންނާނެއެވެ. އަދި މި ކެނެލް މިޞްރު މީހުން ކަނޑައަޅައި ގޮތެއްގެ މަތީގައި ދެމި އޮންނާނެއެވެ."
لقد نجح المصريون اليوم في إنهاء أزمة السفينة الجانحة بقناة السويس رغم التعقيد الفني الهائل الذي أحاط بهذه العملية من كل جانب. وبإعادة الأمور لمسارها الطبيعي، بأيد مصرية، يطمئن العالم أجمع على مسار بضائعه واحتياجاته التي يمررها هذا الشريان الملاحي المحوري.
١/٢— Abdelfattah Elsisi (@AlsisiOfficial) March 29, 2021
ފުންކުރުމުގެ މަސައްކަތް ކާމިޔާބުވުން
ސުވޭސް ކެނެލާ ބެހޭ އިދާރާގެ ރައީސް ޖެނެރަލް އުސާމާ ރަބީޢު މިއަދު ހެދުނުގެ ވަގުތެއްގައި ހާމަކުރެއްވި ގޮތުގައި އުރިފައިވާ ބޯޓު ފުންކުރަން ކުރެވުނު މަސައްކަތަށް ބޯޓު އިޖާބަދީފިއެވެ. މި މަސައްކަތުގެ 80 އިންސައްތަ ވަނީ ކާމިޔާބުވެފައެވެ. ބޯޓުގެ ކޮޅުފަސްކޮޅު ކެނެލް އައްސޭރިއާ 102 މީޓަރު ދުރަށް ޖެއްސިއްޖެއެވެ. މި ބޯޓު އުރުނުއިރު ކޮޅުފަސްކޮޅު އޮތީ ކެނެލެގެ އައްސޭރިއާ އެންމެ ހަތަރު މީޓަރު ދުރުގައެވެ.
ދަތުރުތައް ވަރަށް އަވަހަށް ފެށޭނެ
އުސާމާ ރަބީޢު ވިދާޅުވިގޮތުގައި ބޯޓަށް ލިބިފައިވާ ގެއްލުންތަކާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުންތައް ބެލުމަށް ޓަކައި ބުޙައިރާތު ސަރަޙައްދަށް ބޯޓު ގެންދެވޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދުގެ ވަގުތެއްގައި ކެނެލްގައި އަލުން ދަތުރުތައް ފެށޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯޓު ބުޙައިރާތު ސަރަޙައްދަށް ހަމަ ގެންދެވުމާއެކު ކެނެލްގައި ދަތުރުތައް ކުރަން ފެށޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިޞްރު ގަޑިން 11:30 ގައި ދިޔަވަރު ބޮޑުވުމާއެކު އެވަރ ގިވެން ބޯޓު ބުޙައިރާތު ސަރަޙައްދަށް ގެންދެވޭނެއެވެ.
އެވަރ ގިވެން ކޮންޓޭނަރ ބޯޓު
އެވަރ ގިވެން ކޮންޓޭނަރު ބޯޓަކީ ޕެނަމާގައި ރަޖިސްޓަރީކޮށްފައިވާ ޖަޕާނުގެ ޝުވީ ކޭސަން ކުންފުނީގެ އުޅަނދެކެވެ. މި ބޯޓު ކުއްޔަށް ހިފާފައިވަނީ ތައިވާނުގެ އެވަރ ގްރީން ކުންފުނީންނެވެ. މިއީ 400 މީޓަރުގެ ދިގު ބޯޓެކެވެ. މި ބޯޓުގައި 220 ހާސް ޓަނުގެ މުދާ އެބަ ހުށްޓެވެ.
ސުވޭސް ކެނެލާބެހޭ އިދާރާގެ ރައީސް އުސާމާ ރަބީޢު ހާމަކުރެއްވި ގޮތުގައި ކެނެލްގައި 369 ބޯޓު ދަތުރު ނުކުރެވިފައި އެބަ އޮތެވެ.
ދުނިޔޭގެ ނޫސްތައް މި ޚަބަރަށް ވަރަށް އިސްކަންދިން
ސުވޭސް ކެނެލަށް އުރިފައިވާ ބޯޓު ފުންކުރެވުނު ޚަބަރު ދުނިޔޭގެ ބޮޑެތި ނޫސް އޭޖެންސީތަކުން ދުނިޔެއަށް ވަގުތުން ޢާއްމުކުރިއެވެ. ސީއެންއެން ބުނިގޮތުގައި މި ބޯޓު ފުންކުރެވުމުން ކެނެލްގައި ހުރި ބޯޓުތައް އުފާފާޅުކުރުމުގެ ގޮތުން ބަރުގޮނު އެޅިއެވެ.
ބްލޫމްބަރގް ނޫސް އޭޖެންސީ ބުނިގޮތުގައި ބިޔަ ކޮންޓޭނަރ އުޅަނދު ފުންކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް އެބަދެއެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ނޫސް ބުނިގޮތުގައި ކޮންޓޭނަރ ބޯޓު ފުންކުރުމުގެ މަސައްކަތުގައި 10 ޓަގު ބޯޓު ބޭނުންކުރެވުނެވެ.
މި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ހަނދާއި ދިޔަވަރު ބައިވެރިވެފައިވާ ކަމަށް ވެސް ދުނިޔޭގެ ނޫސް އޭޖެންސީތައް ބުންނެވެ.



advertisment