Support Us

ބައެއް ކަހަލަ… ބައެއް ކަަހަލައެވެ.

ބައެއް ކަހަލަ އިހުސާސްތައް ފާޅުކުރަން އުނދަގުލެވެ.

ބައެއް ކަހަލަ ވާހަކަތައް ބުނަން ދައްޗެވެ.

ބައެއް ކަހަލަ ރުއިމާއި ގިސްލުމުގެ ކަރުނަ ފާޅެއް ނުވެއެވެ.

ބައެއް ކަހަލަ އަސަރުތަކުގެ ދެފަރާތް ހާމައެއް ނުވެއެވެ.

 

ބައެއް ކަަހަލަ ޖަޒުބާތުތަކުގައި އަޑެއް ނުހުރެއެވެ.

ބައެއް ކަހަލަ އަޑުތަކުގައި ރަމްޒެއް ނުހުރެއެވެ.

ބައެއް ކަހަލަ ރަމްޒުތަކުގައި ސޫރައެއް ނުހުރެއެވެ.

ބައެއް ކަހަލަ ސޫރަތަކުގައި ކުލައެއް ނުހުރެއެވެ.

ބައެއް ކަހަލަ ކުލަތަކުގައި ވަހެއް ނުހުރެއެވެ.

ބައެއް ކަހަލަ ވަސްތަކުގައި އަސަރެއް ނުހުރެއެވެ.

 

ބައެއް ކަހަލަ މީހުންގެ ގޮތާއި ފޮތް އެނގެއެވެ.

ބައެއް ކަހަލަ އެނގުންތަކުގައި ނޭނގުންތައް ވެއެވެ.

ބައެއް ކަަހަލަ ނޭނގުންތަކުގައި އެނގުންތައް ވެއެވެ.

 

ބައެއް ކަހަަލަ މީހުންގެ ގޮތާއި ފޮތެއް ނޭނގެއެވެ.

ބައެއް ކަހަލަ ނޭނގުންތަކުގައި ހަމައެއް ނުހުރެއެވެ.

ބައެއް ކަހަލަ ހަމަތަކުގައި އިންސާފެއް ނުވެއެވެ.

ބައެއް ކަަހަލަ އިންސާފުގައި އަދުލެއް ނުހިނގައެވެ.

ބައެއް ކަހަލަ އަދުުލުތަކުގައި ދަލާލަތެއް ނުހުރެއެވެ.

ބައެއް ކަހަލަ ދަލާލަތުގައި ސާބިތުތަކެއް ނުހުރެއެވެ.

ބައެއް ކަހަލަ ސާބިތުތައް ވަނީ ބިރާއި މޮޅިޔާއި މާޔޫސްތަކުން ބަރާވެފައެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *