Support Us

އެމެރިކާ ސިފައިންނާ ގުޅިގެން ހިންގި "ބްލެކް މާރލިންގ" އަސްކަރީ ތަމްރީނު ނިންމާލައިފި

ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން އެމެރިކާ ސިފައިންނާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައި ބޭއްވި "ބްލެކް މާރލިންގ" އަސްކަރީ ތަމްރީނު ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.

މި މަހު ފުރަތަމަ ދުވަހު ފެށި ތަމްރީނުތައް ނިންމުމުގެ ގޮތުން މާފިލާފުށީގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫއެސް އާރމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް މެކް ޑެނިއެލްއެވެ. މި ރަސްމިއްޔާތުގައި ބުލެކް މަރލިންގ ތަމްރީނުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މޭޖަރ ޖެނެރަލް މެކް ޑެނިއެލްއެވެ. އެމްއެންޑީއެފްގެ އެކި ޔުނިޓްތަކުން ސިފައިން ބައިވެރިވި މި ތަމްރީނުގައި ކިޔަވާދެއްވި، އެމެރިކާގެ ސިފައިންގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މި ރަސްމިއްޔާތުގައި ތަމްރީނު ހިންގުމުގައި އެމެރިކާގެ އަސްކަރިއްޔާއިން ދިން އެހީތެރިކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސްވަނީ މޮމެންޓޯއެއް އެމެރިކާ ސިފައިންނަށް ހަދިޔާކުރައްވާފައެވެ.

މިތަމްރީނު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމްއެންޑީއެފް އެކި ޔުނިޓްތަކަށް ނިސްބަތްވާ ސިފައިން ބައިވެރިވި މި ތަމްރީނުތަކުގައި ޓެކްޓިކަލް ކޮންބެޓް ކެޝުއަލްޓީ ކެއަރ ކޯސް، ހައުސް ކްލިއަރިންގ، އާރބަން އޮޕަރޭޝަންސް އަދި ޕެޓްރޯލިންގ ފަދަ ބައިތައް އުގހަންނައި ދިފައިވެއެވެ. މިގޮތުން، މި ތަމްރީނުތައް ކުރިއަށްގެންދިޔައިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްފައިވެއެވެ. މި ތަމްރީނު ނިންމުގެ ރަސްމިއްޔާތުގެ ކުރިން އެމްއެންޑީއެފް ނޮދަން އޭރިއާގެ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ތަމްރީނުގެ ބައިވެރިން ވަނީ ޑެމޮންސްޓްރޭޝަނެއް ދައްކާލާފައެވެ.

"ބުލެކް މާރލިންގ" ތަމްރީނަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކްތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ އިތުރު ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ތަމްރީނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *