Support Us

ޢިބްރަތް: މަންމައެއްގެ ތަރުބަވީ ހިނިތުންވުން

އަހަރެން ކުޑައިރު އެއް ދުވަހަކު މަންމަ އަހަރެންގެ ގާތަށް އައިސް ބުނުއްވިއެވެ.

"ދަރިފުޅާ އެވެ! ދަރިފުޅަށް 'ޙަލާލް/حَلَال' މިކަލިމަ، ދަރިފުޅުގެ ދެތުންފަތް ހުޅުވިފައިވާ ޙާލުގައި ކިޔޭނެ ހެއްޔެވެ؟"

މަންމަގެ އެބުނުއްވުމަށް އަހަރެން އެކަލިމަ ކިޔުމަށް މަސައްކަތް ކުރީމެވެ. އަދި އެއްވެސް އުނދަގޫކަމެއް ނެތި، ވަރަށް ފަސޭހައިން ދެތުންފަތް ނުލައްޕައި އެކަލިމަ ކިއިއްޖެއެވެ.

މަންމަ އެކަމާ އުފާކޮށް އަހަރެންނަށް ބޮސްދީ ހެއްދެވިއެވެ.

އަދި މަންމަ ބުނުއްވިއެވެ.

"ދަރިފުޅާއެވެ! ދަރިފުޅަށް 'ޙަރާމް/حَرَامْ' މިކަލިމަ، ދަރިފުޅުގެ ދެތުންފަތް ހުޅުވިފައިވާ ޙާލު ކިޔޭނެ ހެއްޔެވެ؟"

އަހަރެން އެތަކެއް ފަހަރު އެކަލިމަ ކިޔުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. އަހަރެން އެކަލިމައިގެ މައްދު ބޮޑަށް ދަމާލައި 'حَرَاااااااااااام' މިހެން ކިޔޭތޯވެސް ބެލީމެވެ. އެކަމަކުވެސް އެކަލިމަ ދެތުންފަތް ނުލައްޕައި ކިޔޭ ގޮތެއް ނުވިއެވެ.

ދެރަވެފައިވާ މޫނަކާއެކު މަންމައަށް އަހަރެން ބުނީމެވެ.

"އަޅުގަނޑަކަށް އެކަލިމައެއް އަނގަ ހުޅުވައިގެން ނުކިޔުނެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އެންމެފަހުން ދެތުންފަތް ލެއްޕެއެވެ."

އަހަރެން މަންމައަށް ޖަވާބު ދިންގޮތުން، މަންމަ ހީލުމަށްފަހު ބުނުއްވިއެވެ.

"ދަރިފުޅާއެވެ…! ޙަރާމާއި ޙާލާލާ ދެމެދު ވާ ތަފާތަކީ މިއީ އެވެ. ޙަރާމަކީ ބަންދުވުމެކެވެ! އަދި ލެއްޕުމެކެވެ! ޙަލާލަކީ ހުޅުވުމާއި އުފާވެރިކަމެވެ! ދަރިފުޅު ބޭނުންވާ ކަމެއް ޚިޔާރު ކުރާށެވެ! އެއްގޮތަކީ ދަރިފުޅަށް ދުނިޔެއާއި އާޚިރަތުގެ ދޮރުތައް ހުޅުވުމެވެ. ނޫނީ އެދޮރުތައް ބަންދުވުމެވެ."

އެދުވަހަށް ފަހު އަހަރެންނަށް ޙަރާމް ނުވަތަ ގޯސް ކަމެއް ކުރެވިއްޖެނަމަ މަންމަ، އެމަންމަގެ ދެތުންފަތް ލައްޕައެވެ. އަދި ހަމަ އެހެންމެ މަންމަގެ މޫނުމަތިން ހިނިތުންވުމެއް ނުފެނެއެވެ. އަދި އަހަރެންނަށް ރަނގަޅު، ޙަލާލު ކަމެއް ކުރެވިއްޖެނަމަ މަންމަ، އެމަންމަގެ ދެތުންފަތް، ފުޅާ ހިނިތުންވުމާއި އުފާވެރިކަމާ އެކު ހުޅުވާލައެވެ. އަދި އަބަދުމެ ބުނެ އުޅުއްވިއެވެ.

"ދަރިފުޅު، މަންމަގެ މި ހިނިތުންވުން ދެކެން އެދޭނަމަ، ޙަލާލު މަގުގައި ފައިތިލަ ޘާބިތުކޮަށް ޙަލާލު ޢަމަލުތަށް ކުރުމުގައި ދެމި ހުންނާށެވެ."

އަހަރެން ފުރާވަރުވެ ބޮޑުވެއްޖެއެވެ. އަބަދުމެ އެމަންމަގެ އެލޮބުވެތި މޫނުމަތިން އެ އުފާވެރި، ހިތްގައިމު، ހިނިތުންވުން ކެނޑިގެން ނުދިއުމަށް ގަދައަޅާ މަސައްކަތް ކުރަމެވެ. އެހިނިތުންވުން ފެނުމުން އަހަރެންގެ ހިތާމަތަކާއި ދެރަތައް މަތިން ހަނދާން ނެތިގެން ދެއެވެ. ނަމަވެސް، ކޮންމެ ނަފްސަކާއިމެ ބައްދަލު ކުރާނެ، "މަރު" އެކަމަނާއާއި ވެސް ބައްދަލު ކުރީއެވެ. މަންމަ ނިޔާވީ އެވެ. އެންމެ ފަހުގެ ބޮސް ދިނުމަށް އެކަމަނާގެ އަރިހަށް ވަތްހިނދު….!!! އެކަމަނާވީ ދެތުންފަތް ހުޅުވި، އެ ހިތްގައިމު ހިނިތުންވާ ޙާލުގައެވެ.

އަހަރެން އެކަމަނާއަށް ބުނީމެވެ.

"ލޯބިވާ މަންމާއެވެ! ޙަލާލުގެ މަގުގައި ކަމަނާއާ ބައްދަލުވަންދެން ވަޢުދުގެ މަތީގައި ވާނަމެވެ!"

-قصص وحكايات-

ލޮބުވެތި ކިޔުންތެރިން! އަޅުގަނޑުމެންނަށް އޮތީ ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށް ތަފާތު އުސްލޫބުތައް ބޭނުންކުރުމެވެ. އެކުދިންނަށް ޙަލާލާއި ޙަރާމް ބުނެދޭށެވެ! ވިސްނޭނޭހެން ޢުމުރާ ގުޅޭ ގޮތަށެވެ. އެކަމުގައިވާ ފައިދާ ކުދިންނަށް ވިސްނައިދޭށެވެ. އޭރަށް އިންޝާﷲ އެކުދިންނަކީ ހެޔޮލަފާ ޖީލެއް ކަމުގައި ވެގެންދާނެއެވެ.

ޔާﷲ! ދަރިންނާމެދުގައި ބިރުވެތިވެ ރައްކާތެރިވާ ބައެއް ކަމުގައި އަޅަމެން އެންމެން ލައްވާށި! އަދި އެ ދަރިންނަކީ އަޅަމެންގެ ލޮލުގެ ފިނިކަން ކަމުގައި ލައްވާށި! މަރުވުމަށް ފަހުގައިވެސް އެދަރިންގެ ޢަމަލުތަކުގެ ސަބަބުން އަޅަމެންނަށް ދަރުމަ ލިބޭނޭ ފަދަ ކުދި ބައެއްކަމުގައި އެކުދިން ލައްވާށި! އާމީން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *