Support Us

ފައިޒާރ ވެކްސިން އުފެއްދުމުގެ އިސް އިސްވާރަކީ ޑރ. ކެތުރީން

ކޮރޯނާ ވައިރެހުން ރައްކާތެރިވެ ތިބުމަށް ޓަކައި ކާމިޔާބު އަދި ސަލާމަތްތެރި ވެކްސިނެއް އުފެއްދުމަށް ޓަކައި ވާދަވެރި ރޭހެއް 2020 ވަނަ އަހަރު ފެށުނެވެ. މިއީ މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ކަމެކެވެ. މި ކަމަށްޓަކައި  ތަފާތު ސައެންސީންނާއި ހަކީމުންގެ ޓީމުތައް ދިރާސާކުރުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގައި ފަށައިގަނެވުނެވެ.

މި ކަމަށް ޓަކައި 650 ތަޖުރިބާކާރުންގެ ޓީމަކުން 2020 މާރިޗް މަހުގެ ތެރޭގައި ދިރާސާގެ މަސައްކަތް ފަށައިގަތީ ޑރ. ކެތުރީން ޔޫ. ޖޭންސަންގެ ހަރުދަނާ އިސްވާރުކަމުގެ ދަށުގައެވެ. އޭނާއަކީ އެމެރިކާގައި ޢިލްމީ ހޯދުންތަކާއި ދިރާސާގެ މައްޗަށް ބިނާކޮށް ބޭސް އުފައްދައި ބޭސް ވިއްކުމުގެ ލައިސަންސް ދީފައިވާ ބަޔޯފާރމަސޫޓިކަލް ކޮންފުންޏެއްގެ މުވައްޒަފެކެވެ. އެމެރިކާގެ "ފައިޒާ އިންކޯރޕަރޭޓެޑް" (ކުންފުނީ)ގެ ޑެޕިޔުޓީ ވައިސް ޕްރެޒިޑެންޓެވެ. މީގެ އިތުރަށް އެ ކުންފުނީގެ "ހެޑް އޮފް ވެކްސިން ރިސަރޗް އެންޑް ޑިވެލޮޕްމެންޓް"ގެ މަގާމުގައި ހުންނަވައިގެން ކޮވިޑާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިގަތީ ޖަރުމަނުވިލާތުގެ ބައޯއެންޓެކް ކުންފުންޏާ ގުޅިގެންނެވެ. މި ދެ ކުންފުނި ގުޅިގެން މި ބޮޑު ޓީމުން ކުރި މަސައްކަތް ކާމިޔާބީއާއެކު ނިންމައި، 2020 ނޮވެންބަރުމަހުގެ ތެރޭގައި ތަޖުރިބާކޮށްފިއެވެ. އަދި އެއީ 90 އިންސައްތަ ޔަގީން ނަތީޖާ ދައްކައިދޭ ވެކްސިނެއްކަން ދުނިޔޭގެ ކަންކޮޅުތަކުން ހާމަކުރާން ފަށައިފިއެވެ.

މި މަސައްކަތުގެ އެންމެ އިސް ދައުރެއް އަދާކުރި އެއް ކުންފުންޏަކީ ޖަރުމަނުވިލާތުގެ، އުގުރު ސާހީން އާއި އޮސްލެމް ޓޮރޭސީގެ ބައޯޓެކް ކުންފުންޏެވެ. މި ސަބަބަކަށް ޓަކައި މިއީ ދެމަފިރީންގެ ބައޯޓެކް ކުންފުނީގެ އުފެއްދުމެއް ކަމަށް ކިޔައި އުޅެއެވެ.

ނަމަވެސް މި ކަމުގެ އެންމެ ބޮޑު ތައުރީފެއް ރައްދުވަނީ ފައިޒާބައޯއެންޓެކް ކޮވިޑް ވެކްސިން (BNT162b2) އުފެއްދުމުގައި ބައިވެރިވި މާހިރުންގެ ޓީމުގެ އިސްވާރެއްގެ ގޮތުން މަސައްކަތްކުރި ޑރ. ކެތުރީން ޔޫ. ޖޭންސަނަށެވެ. މި ސަބަބަށް ޓަކައި 2021 ވަނަ އަހަރު އެންމެ ނުފޫޒު ގަދަ އަންހެނުންގެ ލިސްޓުން އޭނާ ވަނީ ޖާގަ ހޯދައިފައެވެ.

"ހަގީގަތުގައި އެ މަގާމު ހައްގު ފަރާތަކީ އެއީއެވެ. އޭނާއަށް މުހިންމުކަމަށް ފެނުނު ވެކްސިނެއް ހަދާން އޭނާ ހަނގުރާމަކުރިއެވެ." ފިލަޑެލްފިއާގެ ކުޑަކުދީންގެ ހޮސްޕިޓަލްގެ ވެކްސިން އެޖޫކޭޝަން ސެންޓަރުގެ ޑިރެކްޓަރ ޕައުލް އޮފިޓް ބުނެފައިވެއެވެ. "ފާރމަސޫޓިކަލް ކޮންފުނިތަކަކީ ޝައިޠާނުންކަމަށް ބުނާ މީހުންނަށް އޮތީ ޑރ. ކަތުރީން ޖޭންސެން ފަދަ މީހުންނާ އެކު ވަގުތު ހޭދަކޮށްލުމެވެ."

ފައިޒާރއެންޓެކް ކޮވިޑް ވެކްސިނަކީ މިއަދު މުޅި ދުނިޔެއިން ބަލައިގެންފައިވާ މަޤުބޫލު ވެކްސިނެކެވެ. ފައިޒާރބައޯޓެކް ކޮވިޑް ވެކްސިންގެ އިލްމީ ނަމަކީ BNT162b2 އެވެ. މި ވެކްސިންގެ ބާވަތަކީ mRNAއެވެ. ކުރީން ވެސް ދެންނެވި ފަދައިން މި ވެކްސިން އުފެއްދީ ފައިޒާރ އިންކޯޕަރޭޓެޑްއާއި ބައޯޓެކް ގުޅިގެންނެވެ. މި ވެކްސިން ވެސް 21 ދުވަހުގެ ދުރުމިނެއް ދޫކޮށްފައި ދެ "ޝޮޓް" ދޭންޖެހެއެވެ. ވެކްސިން ޖަހަނީ އާންމު ގޮތެއްގައި އަތުގެ މުލައްދަނޑިއަށެވެ.

ހަވާލާ:

https://www.businessinsider.com/

https://www.cdc.gov/coronavirus/2019-ncov/vaccines/different-vaccines/Pfizer-BioNTech.html

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *