Support Us

ކޮވިޑާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުކޮށްފި؟

އިންޑޮނޭޝިއާގެ އަޗޭއިން ޚަބަރު ލިބޭ ގޮތުގައި އަޗޭ ރީޖެންސީގެ އެންމެ ބޮޑު އެއް ސިޓީކަމަށްވާ "ލަހޫކްސިޔޫމާވީ" މިހާރު ވަނީ ގާތްގަނޑަކަށް މުޅިންހެން ކޮވިޑުން ސަލާމަތްވެފައެވެ. އެ ސިޓީއިން މިހާތަނަށް ކޮވިޑްޖެހިގެން ރެކޯޑްކުރެވިފައިވަނީ ވެސް ޖުމުލަ 1,626 ވޭދަނައެވެ. މީގެ ދެ ދުވަސް ކުރީން މި ބަލީގައި ތިބީ 454 މީހުންނެވެ. މީގެ ތެރެއިން 436 މީހުން ކަރަންޓީނުގައި ބޭއިތިއްބުމަށްފަހު މިހާރު ވަނީ މުޅީން ފަސޭހަވެގެން ދޫކޮށްލެވިފައިވެއެވެ.

އެ ސިޓީގެ ޞިއްޙީ އޮފީހުގެ ވެރިޔާ ޑރ. ސަޢީދު ޢާލަމް ޛުލްފިޤާރު މިއަދު ހާމަކުރެއްވި ގޮތުގައި ވޭތުވެ ދިޔަ ތިން ދުވަހު ވެސް ކޮވިޑްގެ އިތުރު ވޭދަނައެއް ފެނިފައެއް ނެތެވެ. މިއަދުގެ މިހާތަނަށް ބަލީން ރަނގަޅުނުވެ ތިބީ ޖުމުލަ ތިން މީހުންނެވެ. މި ތިން މީހުންވެސް ތިބީ އަމިއްލަ އެކަހެރިކަމުގައި ގޭގައެވެ. އެއްވެސް މީހަކު ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދާކަށް ނުޖެހެއެވެ. ޑރ. ސަޢީދު ވިދާޅުވާ ގޮތުގައި މުޅި ސިޓީއިން ވެސް ކޮވިޑް ޖެހިގެން މަރުވެފައިވަނީ 15 މީހުންނެވެ. "އަލްޙަމްދު ލިﷲ! ވޭތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި މުޅި ސިޓީއިން ފެނިފައިވަނީ ސުން ވޭދަނަ (މާނައަކީ އެއްވެސް ވޭދަނައެއް ނުފެނެޔޭ)." ޑރ. ސަޢީދު ވިދާޅުވިއެވެ.

"ލަހޫކްސިޔޫމާވީ"ގައި މިހާރު ވަނީ އެއްވެސް ހަރުކަށި ފިޔަވަޅެއް ނެތި، ހުރިހާ ތަނެއް އާންމު ހާލަތަކަށް ގެނެވިފައެވެ. އެ ސިޓީގައި ހުންނަ 118 މިސްކިތާއި 76 ނަމާދުގެއާއި އެ ސިޓީގައި ހުންނަ ހަމައެކަނި ފައްޅިއާއި ބުދުކޯލާއި ފިހާރަތަކާއި ރެސްޓޯރަންޓްތައް ވެސް އަދި އާންމު ޚިދުމަތްދޭ ހުރިހާ ތަނެއް ވެސް ވަނީ އާދައިގެ މަތީން ހުޅުވައިލެވިފައެވެ. މިއީ ކޮވިޑާ ދެކޮޅަށް މުޅި އިންޑޮނޭޝިއާއިން ކުރި އަރުތަވެރި ހަނގުރާމައިގެ ނަތީޖާއެވެ. ކޮވިޑާ ދެކޮޅަށް އިންޑޮނޭޝިއާއިން ކުރި ހަނގުރާމަ މި ވަނީ ގާތްގަނޑަކަށް ކާމިޔާބުކޮށްފައެވެ.

ތިން ލައްކައެއްހާ މީހުން ދިރިއުޅޭ "ލަހޫކްސިޔޫމާވީ" އަކީ އަޗޭގެ އެންމެ ބޮޑު އެއް ސިޓީއެވެ. ސިޓީގެ ބޮޑުމިނަކީ 181.06 ކިލޯމީޓަރެވެ. ބަންޑާ އަޗޭއާއި މެޑާންއާ ދެމެދުގައި އޮންނަ މި ސިޓީއަކީ އަޗޭގެ އެންމެ މުހިންމު ވިޔަފާރި މަރުކަޒެވެ. (ޙަވާލާ  aceh.tribunnews.com)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *