އިސްރާއީލުގައި ބޭއްވުނު ޢާއްމު އިންތިޚާބާ ބެހޭގޮތުން އެތާނގެ ތަފާތު ޓީވީ ޗެނެލްތައް ބުނަމުންދާ ގޮތުގައި ނުރަސްމީ ސުންކުތަކުން ދައްކާގޮތުގައި އެންމެ ކުރީގައި އޮތީ ނަތަންޔާހޫގެ ޒަޢާމަތުގެ ދަށުގައިވާ ލީކޫޑް ޕާޓީއެވެ. ނަމަވެސް މި ޕާޓީއަށް ސަރުކާރެއް އެކުލަވައިލެވޭވަރުގެ އަޣްލަބިއްޔަތެއް ލިބިފައެއް ނުވެއެވެ.
އިޒްރޭލްގެ ޗެނެލް 13 ބުނާގޮތުގައި ލީކޫޑް ޕާޓީއަށް ލިބިފައިވަނީ 31 ގޮނޑިއެވެ. ނަތަންޔާހޫގެ ފޭލިގެއަށް (ލީކޫޑައި ކަނާތު ފިޔައިގެ ޕާޓީތަކަށް) ލިބިފައި ވަނީ ޖުމްލަ 54 ގޮނޑިއެވެ. (ބަރްލަމާނުގެ ގޮޑީގެ ޢަދަދަކީ 120 ގޮނޑިއެވެ.) އިދިކޮޅު ފޭލިގެއަށް ލިބިފައި ވަނީ 59 ގޮނޑިއެވެ. "ޔަމީނާ" ޕާޓީއަށް 7 ގޮނޑި ލިބިފައި ވެއެވެ.
ޗެނެލް 12 ބުނާގޮތުގައި ނަތަންޔާހޫގެ ފޭލިގެއަށް ލިބުނީ 53 ގޮނޑިއެވެ. އިދިކޮޅު ފޭލިގެއަށް ލިބުނީ 59 ގޮނޑިއެވެ. ޔަމީނާ ޕާޓީއަށް ލިބުނީ 8 ގޮނޑިއެވެ.
ޗެނެލް 11 ބުނާގޮތުގައި ނަތަންޔާހޫގެ ފޭލިގެއަށް ލިބުނީ 54 ގޮނޑިއެވެ. އިދިކޮޅު ފޭލިގެއަށް ލިބުނީ 59 ގޮނޑިއެވެ. ޔަމީނާ ޕާޓީއަށް ލިބުނީ 7 ގޮނޑިއެވެ.



advertisment