Support Us

ތިބާ މި ލަވަ ކިޔާ ހައި ހިނދަކު..

ލޯބި ވަނީ ބޮޑެވެ.

ހައްތާ ވަނީ އިތުރެވެ.

ހަނދާންތައް ވަނީ ގިނައެވެ.

ތިބާ މިލަވަ ކިޔާ ހައި ހިނދަކުއެވެ.

"ވަރަށް ލޯބިވޭ- އިންތިހާއަށް ލޯބިވޭ"

 

މާޔޫސްކަން ހައްތާ ވާނީ ދުރެވެ.

ހިތްނުތަނަވަސްކަން ހައްތާ ވާނީ ފެއެވެ.

ހިތާމަތައް ހައްތާ ވާނީ ދުރެވެ.

އުފާތައް ހައްތާ ވާނީ ގާތެވެ.

ތިބާ މިލަވަ ކިޔާ ހައި ހިނދަކުއެވެ.

"ވަރަށް ލޯބިވޭ- އިންތިހާއަށް ލޯބިވޭ"

 

ޝަރުޠެއް ނެތި ތިބާއަށް އެދެވޭނެއެވެ.

ވަގުތެއް ވަކި ނެތި ހުރިހައި ވަގުތެއް ހުސްވެވޭނެއެވެ.

ފޮރުވުމެއް ނެތި ސާފު ހިތް ހާމަކޮށް ދެވޭނެއެވެ.

ތިބާ މިލަވަ ކިޔާ ހައި ހިނދަކުއެވެ.

"ވަރަށް ލޯބިވޭ- އިންތިހާއަށް ލޯބިވޭ”

 

ހައްތާ އިތުބާރުވާނީ ގަދައެވެ.

ފައްކާ ގޮތުން ކަންކަންވާނީ ބަރާބަރެވެ.

ދައްކާ މަންޒަރުގެ ކުލަތައް ހައްތާ ވާނީ ނަލައެވެ.

ގަދަރާއި ޝައުގާ އިހުތިރާމް ހައްތާ ވާނީ ބޮޑެވެ.

ތިބާ މިލަވަ ކިޔާ ހައި ހިނދަކުއެވެ.

"ވަރަށް ލޯބިވޭ- އިންތިހާއަށް ލޯބިވޭ"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *