ކަޅުއަނދިރި ސާލުން ނުކުންނަން، އެކިދިމާ ހޯދާ ބެލިން
ފަޅުކަމަށް އުއްމީދުގެނައީ ކުރިމަތީ ހުރިގޭ އަލިން
ކުޑަދޮރުން ފަރުދާގެ ނިވަލުން ފެނުނު ދޮންދޮން މޫނުގައި
މަޑުމަޑުން ފިރުމާލުމަށް މޮޔަ ހިތް އެދޭތީ ގާތްވެލިން
ޖެހުނު ފިނިފިނި ރޯޅިވައި ކުރުމުން ސަމާސާ ގަތްލަދުން
ކެހުނު ފަރުދާ ކަޝްފުވީ ހިނދު ކުޅުހިކުނު މީހާ ތަލިން
ނަޒަރު ބައްދަލުވީ ވަގުތުގައި، މެސެޖު ދެލޮލުން ބަދަލުކޮށް
އުޒުރުތައް، އިހްސާސްތައް ނުކުމެއްޖެ ދެހިތުގެ ވެސް ދުލިން
މަޑުމަޑުން ދެހިތުގެ ދެމެދުގައި ދެމުނު ފާލަމުގައި އެ ހިނދު
އަޑުތަކެއްނެތް ހަމަހިމޭން ލަހުޖާތަކެއް ހިނގި ވަރުބަލިން
ހިތުގެ ރުއިމާ،ކެކުޅުމާ، ގިސްލުންތަކާ އިހްސާސްވުމުން
މިތުރަކަށް ވާން ގަސްދުކޮށް ހިތުގައި އެހިނދުގައިބީހިލިން