Support Us

އޮބާމާގެ ނާއިބު ރައީސަކަށް ހުންނެވިއިރު ބައިޑެން (ވ)، ޕޫޓިނާ ބައްދަލު ކުރެއްވުން

ޕޫޓިނަކީ "ޤާތިލެއް" ކަމަށް ސިފަކުރެއްވުމަށްފަހު މޮސްކޯއާ ދެކޮޅަށް ބައިޑެން އަޅުއްވާނީ ކޮން ފިޔަވަޅެއްބާ!

"ޕޫޓިނަކީ ޤާތިލެއް.. އެމެރިކާގެ އިންތިޚާބުތަކާ ބެހޭތީ އަހުރެމެން އޭނާއަށް އަދަބުދޭނަން" އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ގޮތަށް ވިދާޅުވުމާއެކު މޮސްކޯއާ ވޮޝިންގްޓަނާ ދެމެދުގައި އުފެދުނީ ހަމައެކަނި ބަހުގެ ހަނގުރާމައެއްނޫނެވެ. މީގެ އިތުރަށް މިކަމާ ވިދިގެން އެތައް ސުވާލުތަކެއް ވަނީ އުފެދިފައެވެ. ރަޝާގެ ކިބައިން ބަދަލު ހިފުމަށް ޓަކައި އެމެރިކާއިން އަޅާނީ ކޮން ފިޔަވަޅުތަކެއް ބާވައެވެ! އެމެރިކާއިން ތުހްމަތުކުރާ ގޮތުގައި ރަޝިޔާއިން ކުރަމުންދާ އިލެކްޓްރޯނިކް ހަނގުރާމަތަކުގެ ސަބަބުން ވޭތުވެދިޔަ އެތައްއެތައް އަހަރުތަކެއްގެ ތެރޭގައި ހުޅަނގުގެ ސިޔާސީ އަދި ޖޯގްރަފީ މަސްރަޙަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ރައީސް ބައިޑެން މި ބަޔާން ދެއްވީ އެމެރިކާގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރެއަށް ރަޝިޔާއިން ވަދެފައިވާ ކަމަށް ބުނާ އެމެރިކާގެ ޖާސޫސީ ރިޕޯޓެއް ހާމަކުރުމާ ވިދިގެންނެވެ. ރަޝިޔާއިން މަސައްކަތްކޮށްފައި ވަނީ ރައީސް ޓްރަމްޕަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށް މި ރިޕޯޓް ބުނެފައިވެއެވެ. ނަމަވެސް މި އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގެންފައި ވަނީ ރައީސް ބައިޑެނަށެވެ.

ބައިޑެންގެ މި ބަޔާނާ ވިދިގެން މޮސްކޯއާ ވޮޝިންގޓަނާ ދެމެދުގައިވާ މިހާރުވަނީ ގުޅުންތައް ވަރަށް ނުތަނަވަސްވެފައެވެ. ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި މި ކަމުން ގެއްލުން ލިބިވަޑައިގަންނަވާނީ ހަމަ ބައިޑްނަށެވެ. މި ކަމާ ވިދިގެން އެމެރިކާގައި ހުންނަވާ ރޫސީ ސަފީރާ މިހާރު ވަނީ ޤައުމަށް ގެނެސްފައެވެ. މޮސްކޯއިން ބުނާގޮތުގައި ސަފީރާ ގެނެވުނީ މަޝްވަރާކުރުމަށް ޓަކައެވެ.

"އަހުރެން ޕޫޓިން ދަންނަން… އެއީ ފައްކާ ޤާތިލެއް"

އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވި ގޮތުގައި އެމެރިކާގެ 2020ގެ އިންތިޚާބު ގަޑުބަޑު ކުރަން މޮސްކޯއިން ކުރި މަސައްކަތަށްޓަކައި މޮސްކޯއަށް "ބޮޑު އަގެއް" ދައްކަން ޖެހޭނެއެވެ. މި ކަން އޭނާ ހާމަކުރެއްވީ އޭބީސީ ނިވްޒްއަށް ދެއްވި ޓީވީ ބަޔާނެއްގައެވެ. އޭނާ އަޅުއްވާނެ ފިޔަވަޅަކާ ބެހޭގޮތުން އެ ޓީވީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ބައިޑްން ވިދާޅުވިއެވެ. "ވަރަށް އަވަހަށް ތިޔަބައިމީހުންނަށް ފެންނާނެ" އެވެ.  "ގުޑް މޯނިން އެމެރިކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން 2011ގައި ކެރެމްލިންގައި ޕޫޓިނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށް ބައިޑްން އިޝާރަތް ކުރައްވަމުން ވިދާޅުވިއެވެ. "އަހުރެން ޕޫޓިނަށް ދެންނެވީމެވެ. ރޫސީވިލާތުގެ ރައީސަށް ފުރާނައެއް ލިބވަޑައިގެންފައިވާ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ." އެހިނދު ޕޫޓިން ޖަވާބުގައި ވިދާޅުވިއެވެ. "އެހެންވިއްޔާ އަޅުގަނޑުމެން ދެމީހުންނަށް އެކަކު އަނެކަކު އެބަ އެނގެއެވެ."

ޓީވީގެ އެނައުންސަރު ޕޫޓިނަކީ "ޤާތިލެއް" ތޯ ދެންނެވުމުން ވިދާޅުވިއެވެ. "އެގޮތަށް މަށަށް ޤަބޫލުކުރެވެއެވެ."

ރައީސް ޕޫޓިނަކީ "ޤާތިލެއް" ކަމަށް އެމެރިކާގެ ރައީސް ބައިޑްން ސިފަކުރެއްވުމުން ބުރާސްފަތި ދުވަހު ޕޫޓިން ވިދާޅުވިއެވެ. "އޭނާއަށް ރަނގަޅު ޞިއްޙަތަކަށް އެދެމެވެ." ޕޫޓިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މިހެން މި ބުނަނީ ސަމާސާ ކަނޑައިފައެވެ. މިއީ ޖޯކެއްނޫނެވެ." ޕޫޓިން ވިދާޅުވިއެވެ. "އަހުރެމެން ކުޑައިރު ކުޑަކުދީންގެ ގޮތުގައި ކުޅެން އުޅުނު އިރު އެއް ކުއްޖަކު އަނެއް ކުއްޖަކާ ޖަދަލު ކުރެއެވެ. އޭރު އަހުރެމެން ބުނަމެވެ. އެހެން މީހުންނަށް ގޯނާކުރާ މީހުން ގޯނާ އެ ކުރަނީ ހަމަ އޭނާއަށެވެ."

އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ތެރެއަށް މޮސްކޯއިން އަތްބާނާފައިވާ ކަމަށް ބުނާ އެމެރިކާގެ ޖާސޫސީ ރިޕޯޓާ ދެކޮޅަށް ފާޑު ކިޔަމުން ރޫސީ ޚަރިޖިއްޔާއިން ބުންޏެވެ. މިކަމުގެ ސަބަބުން މޮސްކޯ–ވޮޝިންގްޓަން ގުޅުމަށް ގެއްލުންތަކެއް ލިބޭނެއެވެ. އެމެރިކާގައި ހުންނަވާ ރޫސީ ސަފީރާ އަނބުރާ ޤައުމަށް ގެންދިޔަ މަސްއަލައާ ބެހޭގޮތުން ވާހަކަ ދައްކަމުން އެމެރިކާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި އެމެރިކާގެ މަޞްލަޙަތު ނިޔާކުރާ ގޮތުގެމަތިން މޮސްކޯއާއެކު އެމެރިކާއިން މުޢާމަލާތު ކުރާނެއެވެ. އެހެނަސް ރަޝިޔާގެ ނުބައި ހަޑިހުތުރު ޢަމަލުތަކާ ދެކޮޅަށް އެމެރިކާއިން އެކަށީގެންވާ ފިޔަވަޅު އަޅާނެއެވެ.

ވައިޓްހައުސްގެ ތަރްޖަމާނު ކުރެއްވި ޓްވީޓެއްގައި ވާގޮތުގައި ވޮޝިންގްޓަނުން ހަމައެކަނި އަދަބީ ފިޔަވަޅެއް އަޅައިފައި ހުއްޓައެއް ނުލާނެއެވެ. އިތުރު ފިޔަވަޅުތައް ވެސް އަޅާނެއެވެ. ނަމަވެސް މި ފިޔަވަޅުތަކަކީ ކޮބައިކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *