Support Us

އެ ތަސްވީރު ފެނުމުން…

 

ހަނދާންތައް އޭގެ އެތައް އަހަރެއް ކުރިޔަށް އަހަރެން ގޮވައިގެން ދިޔަ އުފާވެރި މަންޒަރެކެވެ.

ހަނދާއިނތަރިތައް އޭރު އަހަރެން ދުށީ މުޅިން އެހެން ނަޒަރެއްގައެވެ.

މުޅީން އެހެން އިހުސާސްތަކެއްގައެވެ.

މުޅީން އެހެން މާހައުލެއްގައެވެ.

 

ހަނދާންތައް މާޒީވީ ޅަ ދުވަސްތައް މަތީން ހަނދާންކޮށްދީ އެތައް ވާހަކަތަކާއި އެތައްއެތައް ހަނދާންތަކެއް  ބަޔާންކޮށްދޭ ވަރަށް ތަފާތު މަންޒަރެކެވެ.

އަޖައިބެކެވެ. އަންތަރީސް ނުވާވަރެއް ނޫނެވެ.

ޝައުގާއި ހިތުގެ ހަމަޖެހުން ވަނީ އެ ދޮންވެލިގަނޑުގައެވެ.

އެ އަތިރިމަތީގައެވެ. އެ ތުނޑިތަކާއި އެ މޫދުގައެވެ

އެއީ ނަލަ ރީތިކަމުގައި އަޖައިބެކެވެ.

 

އެއީ ޒަމާންތަކެއްގެ ކުރިން ރަށާއި އަމިއް ވަޒަނުގެ ހިމޭން މާހައުލާއި އެ އަމާން ހިމޭން ދިރިއުޅުމުގެ މަތިން  ހަނދާންކޮށްދީ އެތައް ހާސް މެސެޖެއް ދިން ފޮޓޯއެކެވެ.

ވާރޭގެ ކޮންމެ ތިތްކެއްދެނީ އެތައް މެސެޖެކެވެ.

ތާވެފައިވާ ބިންގަނޑާއި ފެންގަނޑުތަކުން ހިތަށް ވަންނަނީ މައުސޫމުކަމެވެ. ފިކުރެއް ނެތި އުޅުނު އުފާވެރި  މަގުތަކާއި ގޯޅިތަކެވެ.

 

އެއީ ލޯތްބާއި އޯގާވެރިކަމާއި ކުލުނުގެ ގޮވައްޗާއި އެންމެ ނިޔަނެތި އުނގުގައި އެންމެ ހިތްހެޔޮ ގުޅުންތައް ބަދަހިވި މަންމަގެ މަންޒިލް ހަނދާނަށް ސިފަކޮށް ދިން ހަނދާނީ ތަސްވީރެކެވެ.

އެއް ފުރާގެ މިތުރުންނާއި އެވެރީންގެ ސަމާސާތަކެވެ.

އިސްރަށްވެހި ބޭބެމެންނާއި ދައްތަމެންގެ ހިތްހެޔޮކަމުގެ ތަޖުރިބާތަކުގެ ހިޔަލެވެ.

ނަމާގެ ވަގުތުތަކުގެ އުފާވެރިކަމެވެ.

ހުކުރު ފެންވަރަން އެރުނު މޫދުގެ ހިތްގައިމުކަމާއި އުފާވެރިކަމެވެ

 

އެ ތަސްވީރުން، އެ ފޮޓޯއިން އެ މަންޒަރުން ރޮއްވީ ހިތް އެކަންޏެއް ނޫނެވެ. ޝުޢޫރާއި އިހުސާސްތައް ވެސް މެއެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *