ޕިއްޒާބޯނާގެ ކޭޝް ކައުންޓަރުގައި ބާއްވާފައި އޮތް މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ހޯދަން، އެ ވައްކަމުގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހަކީ މާފަންނުގައި ހުންނަ ޕިއްޒާބޯނާގެ ކޭޝް ކައުންޓަރުގައި ބާއްވާފައި އޮތް މޯބައިލް ފޯނެއް މާރިޗު 3 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ވަގަށް ނަގައިފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ކައުންޓަރުގައި ބާއްވާފައި އޮތް ފޯނު، ދަތްދޮޅީގައި މާސްކު އަޅުވާފައި ހުރި އެމީހާ އައިސް މަޑުމަޑުން ނަގައި ޖީންސުގެ ޖީބަށް ލާތަން ފެނެއެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 480632 އެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment