ގައުމުގެ މުޤައްދަސް މުއައްސަސާތައް ސިޔާސީ ނުފޫޒުން ސަލާމަތް ނުކުރެވޭނަމަ، އަބަދުވެސް ޖެހޭނީ ސިޔާސީ ހަމަލާތަކުން މުއައްސަސާތައް ދިފާޢުކުރަން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެއެވެ. އަހުމަދު ފާއިޒު ހުސެއިން މިހެން ވިދާޅުވީ، އިންޑިއާ އިން ތަރައްގީކޮށްދޭ އުތުރުތިލަފަޅުގެ ބަނދަރާ ބެހޭ ގޮތުން އިންޑިއާއާ އެކު ދިވެހި ސަރުކާރުން ހެދި އަށް ސަފުހާގެ އެއްބަސްވުމުގެ ޑްރާފްޓެއް މީޑިއާގައި ލީކްކޮށްލުމާ ގުޅިގެން އެމްއެންޑީއެފްގެ އެންމެ އިސް އަށް ޖެނެރަލުން އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، "އަސްކަރިއްޔާއަކީ ކުޅޭކުޅޭ އެއްޗަކަށް ނުހެދުމަށް" ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވުމުން، އެއަށް ރައްދު ދެއްވައި، ބޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރީ މިދިޔަ ފެބްރުއަރީ 21 ގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީ އާއި ކުއްލިއަކަށް ރާއްޖެ ވަޑައިގެންނެވި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރެވެ. ނަމަވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެ އެގްރިމަންޓު ދިފާއުކޮށް ވާހަކަ ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ޒަކަރިއްޔާ މަންސޫރުވެސް ހިމެނޭ ގޮތަށް، އެމްއެންޑީއެފްގެ އެންމެ އިސް އަށް ޖެނެރަލުންނެވެ.
"ދައުލަތުގެ މުޤައްދަސް މުއައްސަސާތައް ސިޔާސީ ނުފޫޒުން ސަލާމަތް ނުކުރެވޭނަމަ، އަބަދުވެސް ޖެހިވަޑައިގަންނަވާނީ ސިޔާސީ ހަމަލާތަކުން މުއައްސަސާތައް ދިފާޢުކުރާށެވެ. ގައުމުގެ ދިފާއުގައި ތިއްބެވި ބޭފުޅުން ސިޔާސީބޭފުޅުންގެ ބަހުގެ ހަމަލާތަކުން މުއައްސަސާ ދިފާޢުކުރައްވަންޖެހިވަޑައިގަތުމަކީ ގައުމެއްގެ ހަޔާތުގައި ފެންނާނެ ހިތާމަވެރި މަންޒަރެކެވެ. ސިޔާސީ ހަގީގަތަކީ، އިއްޔެ ސަރުކާރުގައި ތިބި މީހުންނަށް އެއިރު މުއައްސަސާތައް ރަނގަޅެވެ. އިއްޔެ އިދިކޮޅުގައި ތިބިއިރު ގޯސްވި މުއައްސަސާތައް މިއަދު ރަނގަޅުވެއްޖެއެވެ. ސިޔާސީ ނުފޫޒުން މުއައްސަސާތައް މިންޖުނުކުރެވޭހާ ހިނދަކު ސަރުކާރުގައި ތިބި ބަޔަކާއި އިދިކޮޅުގައި ތިބި ބަޔަކު، މުއައްސަސާތަކާ މެދު އެއް ނަޒަރަކުން ނުދެކޭނެއެވެ." ފާއިޒު ވިދާޅުވިއެވެ.



advertisment
5 Responses
ތިޔަތަނުގައި 8 ޖެނެރަލުންނަކީ ޔޭސް ސާރ ވިދާޅުވާ ބޭފުލުން. އިތުބާރެއްނުކުރަން.
ފާއިޒު ތިޔަ ވިދާޅުވީ ވަރަށްބޮޑު ތެދުވާހަކައެއް ވަކިބަޔަކު ކުރީމަ ރަނގަޅުވާ އުޞޫލު އޮތްހާ ހިނދަކު މިކަމުން ސަލާމަތެއް ނުލިބޭނެ
Askariyyaa siyaasee vefa. Rayyithun ge majiliss mebarun majilees kuraa thanuge beyrah ukaali dhuvahu, dhivehi askariyyaa ganelevey minvaru haamavi.
މަޖިލިސްގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުން ޤާނޫނުން ލާޒިމުކޮށްފަ އޮންނަނީ ސިފައިންނާކަން ޢަބްދުﷲ މާހިރު ނުދެނަހުރި! ހަމަ ކުލަ ޖެހި ނިދާ މަރުވެފަ!
Askariyyaa vanee siyaasee gothun modefaivaa fuh gadakah. ageh neh thaneh. thiya massalaigai jeneralun vaahaka dhekkevumakee v.bodu goaheh. thiya in angai dhenee siyaasee vefaivaa minvaru. kaley mennah ithubaareh nukure veyne.