މިވަޠަން ހަމާރާހޭ މިއަސަރު ފުރާލާށޭ
ކިޔަމުން ނަޝީދު ޤައުމީ ކުރިޔަށް އަރަންހިގާށޭ
މިވަޠަން ހަމާރާހޭ
މިނިވަންކަމުގެ ނިޢުމަތް ލިބުމަށް އަބަދު އެދޭށޭ
ދިނިގެން ތަކުންވިއަނިޔާ ތިބުމަށް ހިގަންފަށާށޭ
މިވަޠަން ހަމާރާހޭ
ޤައުމީވާޖިބޭ އީމާނުގައި ތެދުވެލާށޭ
ވަހުމަށް ފުރުސަތު ނުދީ ތެދުވަން މިއަދުފަށާށޭ
މިވަޠަން ހަމާރާހޭ
އަބަދަށް މިދީނުގައި ތިބުމަށް މިތާގޮވާށޭ
ގަދަޔަށް ޤައުމީ ޖޯޝުގާ ޢަޒުމާއެކީ ހިގާށޭ
މިވަޠަން ހަމާރާހޭ
މަޖުބޫރު އެކިކަންކަމަށް ގެނުވާނެކަން ބަލާށޭ
"މަހެބޫބު" ވެވިގެން އުޅުނަކަސް ވާގޮތް ބަލާށޭ
މިވަޠަން ހަމާރާހޭ
ކެހިވެރިކަމާ އޮޅުވާލުމުގެ މަޅިފަތި ބަލާށޭ
ރެކިގެން މިދަންތުރަތަކަށް ނާރާ ތިބާއުޅޭށޭ
މިވަޠަން ހަމާރާހޭ
ޖާސޫސުނާ ޣައްދާރުނަށް ފުރުސަތު ނުދޭށޭ
ޖާނާ ފުރާނަ ދީގެން ވަޠަނަށްޓަކާ ހިނގާށޭ
މިވަޠަން ހަމާރާހޭ
ޢުދުވާނުނަށް ފުރުސަތުނުދީ ކެރިގެން ދިމާކުރާށޭ
ގެނުވަން އަމަން އަމާން ހޭލާ އަބަދު ތިބޭށޭ
މިވަޠަން ހަމާރާހޭ