Support Us

ހޮވައިގެން ގެންގޮސްފައިވާ 15 ރުފިޔާގެ ވެރިފަރާތް ފުލުހުން ހޯދަނީ

ހޮވައިގެން ގެންގޮސްފައިވާ 15 ރުފިޔާ ހިމެނޭ ގޮތަށް، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • މާރިޗު 12 ވަނަ ދުވަހު ވިލިނގިލި ފެރީ ޓާމިނަލް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ސްމާޓް ގަޑިއަކާއި، ވަޔަލެސް ކޯލަރ 10 ސުވިޗް. އިންސިޑެންޓް ނަންބަރު 481411
  • މާރިޗު 13 ވަނަ ދުވަހު ހީނާ ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދޮރުގައި ހަރުކުރާ 10 ތަޅާއި، ނުވަ ސްވިޗް. އިންސިޑެންޓް ނަންބަރު 481440
  • މާރިޗު 13 ވަނަ ދުވަހު ހަނދުވަރުދޭ ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ އެލްޖީ ބްރޭންޑްގެ އޭސީ އައުޑް ޑޯ ޔުނިޓެއް. އިންސިޑެންޓް ނަންބަރު 481486
  • މާރިޗު 14 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ލަވްބަރޑަކާއި ރިންގްނެކެއް. އިންސިޑެންޓް ނަންބަރު 481518
  • މާރިޗު 14 ވަނަ ދުވަހު ޖަމާލުއްދީން ސްކޫލް ކައިރިން ޓެކްސީއެއްގައި ބޭއްވިފައި އޮތް ހެލްމެޓެއް. އިންސިޑެންޓް ނަންބަރު 481532
  • މާރިޗު 14 ވަނަ ދުވަހު އަމީރު އަހުމަދު މަގުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 15 ރުފިޔާ. އިންސިޑެންޓް ނަންބަރު 481519

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *