ހޭންވޭރުގައި ހަދަމުންދާ އިމާރާތަކުން ވައްކަންކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އެ މީހާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
އެ ވީޑިއޯ އިން ފެންނަނީ މާސްކުވެސް ނާޅައި ހުރި އެ މީހާ ދުވާލު ގަޑީގައި ގެއަކަށް ވަދެ، ވަށައިގެން ތަންތަން ހޯދާ ތަނާއި އެތާ ހުރި ސީ.ސީ ކެމެރާ އަށް ނަޒަރު ހުއްޓޭ ތަނެވެ. ވައްކަންކޮށްގެން ގެންދާ އެެއްޗެއް ނުފެނެއެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 479126 އެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.



advertisment