މޭގެ ޝަކުވާ އަޑުއަހަންހޭ ހަނދު އަރައިގެން އަންނަނީ
އޭގެ ދޯދިން ފެންވަރަންހޭ ހިތް ހިމޭނުން އޮންނަނީ
ވިންދު ގައި އަތްބާރުލާންހޭ ރޯޅިފަށް ތިޔަ ބީހެނީ
ތަންދެމުން ނޭވާގެ ވަސްހޭ ރޫޙު ގައި މަތުރާލަނީ
ހިތުގެ ތެޅުމުން ހޫނު ވާންހޭ މިތުރު ކުޑަތަން ތިޔަ ވަނީ
ފިތުނައެއްގެ އުދާސްތަކުންހޭ މޯޅިވާން ބޭނުން ވަނީ
ރިޒުގަކަށްހޭ ދުލުގެ އާދޭސް މީރުރަހައިން ތެންމަނީ
އިޒުނަނެތިގެންހޭ ހަނާވުމަކުން އަޒުމު ރޮއްވާލަނީ
ޖިސްމުގައި ރިއްސުން އުފައްދަންހޭ ވަނާތައް އެ ގޮވަނީ
ފިސްކުރަން އުންމީދުތައް ހޭ މާދުރަށް ގޮސް ގެއްލެނީ
ނަފްސުގައި ހުޅު ރޯކުރަންހޭ ލޮލުގެ ކަނިތައް ބުރުވަނީ
ކަފުނުގައި ރައްކާކުރަންހޭ މޫނު ދެން އަނބުރާލަނީ
