އެކީ ނުވިޔަސް ހެވޭ ޖަޒުބާ މިތާ ހިއްސާ ނުކުރެވޭނަމަ
އެކީގައި ލޯބިވެތި ގުޅުމުގެ ގޮށެއްފަދައިން ނުބަނދެވޭނަމަ
ހިތުގެ އުފަލާއި އިހްސާސަށް އަސަރުކުރުވާނެ ބީދައަކުން
މިތުރަކަށް ގާތް ވުމަށް ނޫޅޭ، އެކީ އުމުރަށް ނުހުރެވޭނަމަ
ގަޔާ ނުވިޔަސް އެ ހާލަތަކާ، ނަޞީބަށް ރުހި ހިތާ ނަފުސުން
ހަޔާތުގެ ގޮށްޖަހަން ނޫޅޭ އެކީ ސާބިތު ނުއުޅެވޭނަމަ
ވަހުމު ޝައްކުން ފުރައިގެން ހިތް، އަހުރަ އަނިޔާ އަކަށް ވާހެން
ރިހުން ހިތުގައި އުފަންނުކުރޭ ބަދަލު ލޯބިން އެދޭނޭނަމަ
ދުލުން ބޭރަށް ލަފުޒު ފިޔަވަޅު، އަޅާލަން ފުރުޞަތެއް ނުމެދީ
ލޮލުން ހިތި ކަރުނަ ފޫދޭ އިރު، އަތުން ފުހެލައި ނުދޭނޭނަމަ
އަތުން ލޯބިން ދެމުން ފިރުމުން، ނުހާނާށޭ ހިތެއް އަދުގައި
ހިތަށް ރިހުމާ ތަދާ ނޫނީ އެހެން އެއްޗެއް ނުދޭނޭނަމަ