Support Us

ސިފައިންގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ސިފައިންގެ ޤާނޫނު (ނަންބަރު: 2008/1) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ މާރިޗު މަހުގެ 8 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.

ސިފައިންގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުމެވެ. އެ ގޮތުން، ޤާނޫނަށް އިތުރުކޮށްފައިވާ ދެ ނަންބަރުގައި ބަޔާންކޮށްފައި ވަނީ ސިފައިންގެ ފޯސް ސްޓްރަކްޗަރ ދެމެހެއްޓުމާއި ސިފައިންގެ ވަޒީފާގައި އެންމެ ޤާބިލު މީހުން ބޭތިއްބުމަށް އިސްކަންދިނުމަށެވެ.

ސިފައިންގެ ޤާނޫނަށް މި ގެނައި އިޞްލާޙުގެ ސަބަބުން ސިފައިންގެ ރިޓަޔަރމަންޓް ޤަވާއިދުގައިވާ ގޮތުގެ މަތިން ސިފައިންނަށް ރިޓަޔަރކުރެވޭނެ ގޮތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މި ބިލު ތަޞްދީޤު ކުރެއްވުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ޤާނޫނު ވަނީ ޝާއިޢު ކުރައްވާފައެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *