ނަމައޭ މިހެން ކަން ވާނެ ނަމަ
ހަމަހަމަ ކަމަށް ތަން ދޭނެ ނަމަ
ހަމަމަގުތަކުން ވި ހިނގޭނެ ނަމަ
ރަމަތަވި ސަފަށް އެރެވޭނެ ނަމަ
ދަރުބާރުތައް ތަނަވަސް ވެފައި މައިދާންތަކަށް ފާގަތިވެފައި
ފަރުބަދަތަކަށް ވުރެ ބިޔަވެފައި
ހައިސިއްޔަތެއްވި ލިބޭނެ ނަމަ
އައި ނައި ތަނެއް އެނގުމެއް ނެތަސް
އަމުދުން ތިމާ އަގު ދަށް ވިޔަސް
ބައިވަރުތަކެއް މާލުން ނެތަސް
ޒާތީ ނަފުސް ފެންނާނެ ނަމަ
އާދަތު ތިމާގެ ގޮތާފޮތާ
ބާޒާރުގައި ލެވިގެން އެތާ
އާފާޑުތައް ކިޔަކަސް ފުތާ
ހާލާތު ބަދަލު މި ވާނެ ނަމަ
ކުރިޔަށް ދެވޭނެ ގޮތެއް ކޮބާ
ކުރިމަތި ވެދާނެ ކަމެއް ކޮބާ
ފުރިހަމަ ސަފުން މީހެއްކޮބާ
ހުރިހައި ކަމެއް ކުރެވޭ ނަމަ
އަވަދިވެ ކަމުން ވަގުތެއް ނުލިބި
ވަގުތުން ލިބޭ އުފަލެއް ނުލިބި
އަވަދިވި ކަމުން މެ ނަމެއް ނުލިބި
ކަންކަން މިހެން ނުމެ ވާނެ ނަމަ