ލިބިދޭ ހިތަށް އުފާ ފަރި ގުލްޒާރަކީ އެއީ
މިބިމުން ހަޔާތުގައި ލޮބުވެތި ނާރެހޭ އެއީ
ހިތްތަކުގެ އެއްބައީ އަދި އާދޭހަކީ އެއީ
ނިތްތަކުގެ ނޫރަކީ އަދި އުންމީދަކީ އެއީ
ވިންދާ ލެޔާއި ހިންގާ ފިނި ހޫނަކީ އެއީ
އުލްފަތުގެ ލޯބި ނިރުތައް އެބިމުން ރިވެތި ފަޅާ
ގުލްޝަންތަކަށް ރަބީޢުގެ މޫރިތި ހިޔާ އަޅާ
ކުލުނާއި ތަރުބަވީ މޮޅު ކާނާ އަކީ އެއީ
މިސްރާބު ދަތުރު ސީދާ ހިއްސާ މަގަށް ކުރާ
ވިއްސާ ވަޔާއި ރާޅުން ކަނޑުގާ އަމާން ކުރާ
ކިސްތީގެ މުޅި ހަޔާތުގެ މައްލާޙަކީ އެއީ
ރަމަތަވެ ހިތާއި ނަފްސާ މައިތިރި ގޮތުން ކުރާ
ޢަމަލީ ބަހުން މަޢީޝީ ހަދިޔާ ހިލޭ ކުރާ
ޘަމާރާތުގައިވި ސިއްރުގެ ފޮނިރަހަ އަކީ އެއީ
