Support Us

އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދަން ފަށައިފި

ދެ ހާސް ފަނަރަ ވަނަ އަހަރުގެ ނިޔުކްލިއަރ އެއްބަސްވުމާ ޚިލާފަށް އީރާނުން އެ ޤައުމުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދާން ފަށައިފި ކަމަށް އެޓަމިކް ހަކަތައާ ބެހޭ ބައިނަލް އަޤްވާމީ އޭޖެންސީން މެންބަރު ޤައުމުތަކަށް އަންގައިފިއެވެ.

އީރާނުގެ ނިޔުކްލިއަރ މަރްކަޒު ކަމުގައިވާ ނަޠަންޒުގައި އައި އާރު–2 އެމް އާލާތްތައް ބޭނުންކޮށްގެން ޔޫރޭނިއަމް މުއްސަނދި ކުރުމަށް މި ހިންގާ ޕްރޮގްރާމަކީ އީރާނުގެ މި ޕްރޮގްރާމުގެ ތިން ވަނަ ސިލްސިލާއެވެ.

ހަކަތައާ ބެހޭ އޭޖެންސީން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "7 މާރިޗުގައި މި އޭޖެންސީއަށް ކަށަވަރުކުރެވުނު ގޮތުގައި އީރާނުން ދަނީ ހެކްސަ ފްލޮރައިޑް ޔޫރޭނިއަމް އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮފްރާމުގެ 3 ވަނަ މަރްޙަލާއަށް ފޮނުވަމުންނެވެ." މި ބަޔާން ކުރިއަށް ގެންދަމުން ބުނެފައި ވެއެވެ. "އީރާނުން މިހާރު ދަނީ އައި އާރު -2 އެމްގެ 174 އާލާތް ބަހައްޓަމުންނެވެ. އެއީ ހަތަރުވަނަ މަރްޙަލާއަށް ވާޞިލުވުމަށް ޓަކައެވެ. އެކަމަކު މި އާލަތްތަކަށް ހެކްސަ ފްލޮރައިޑް ޔޫރޭނިއަމް ފޮނުވާކަށް އަދިއެއް ނުފަށައެވެ. ފަސްވަނަ މަރްޙަލާއަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. އެހެނަސް 6 ވަނަ މަރްޙަލާއަށް ބޭނުންވާ އެއްވެސް ކަމެއް އަދިއެއް ނުފަށައެވެ."

ބައިނަލްއަޤްވާމީ މި އޭޖެންސީ ބުނާގޮތުގައި ޔޫރޭނިއަމް މުއްސަނދި ކުރުމަށް ޓަކައި އީރާނުން މިހާރު ވަނީ އައި އާރު -2 އެމްގެ 522 އާލަތް ބަހައްޓައިފައެވެ. މި ކަމުގެ ސަބަބުން ޔޫރޭނިއަމް 5 އިންސައްތަ އަށް ސާފު ކުރެވޭނެއެވެ. 2015ވަނަ އަހަރުގެ އެއްބަސްވުން ހުއްދަދޭ ގޮތުގައި ޔޫރޭނިއަމް ސާފު ކުރެވޭނީ  ކުރެވޭނީ 3.67 އިންސައްތައިގެ މިންވަރަށެވެ.

އެމެރިކާއަށް ފިއްތުން އިތުރު ކުރުން

ރޮއިޓަރސް ބުނާގޮތުގައި އީރާނުން މި އެއްބަސްވުމާ ޚިލާފުވަމުން މި ދަނީ ރައީސް ބައިޑްނަށް ފިއްތުމުގެ ބޭނުމުގައެވެ. ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި މި އެއްބަސްވުން ދިރުއްވުމަށް އޭނާ މަސައްކަތް ކުރައްވާނެއެވެ. ނަމަވެސް އިސްވެ ޙަރަކާތްތެރިވާންވީ ކޮން ފަރާތެއް ކަމެއް ނޭނގެއެވެ. އީރާނުން އެމެރިކާއަށް ގޮވައިލަނީ ރައީސް ޓްރަމްޕް އަޅުއްވާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ކުރިން ވާހަކަ ދެއްކުންތައް ނުފެށޭނެ ކަމަށެވެ. މީގެ އިތުރަށް އީރާނު ބުނާގޮތުގައި އައު އެއްބަސްވުމަކަށް ބޭނުމެއް ނުވެއެވެ. ބޭނުން ވަނީ އެމެރިކާ އަނބުރާ މި އެއްބަސްވުމަށް ރުޖޫޢަވުމަށެވެ. އެމެރިކާއިން އީރާނަށް ގޮވައިލަނީ އީރާނުން ފުރިހަމައަށް މި އެއްބަސްވުން ތަންފީޒު ކުރުމަށެވެ. ދެހާސް އަށާރައިގައި އެމެރިކާ މި އެއްބަސްވުމުން ވަކިވުމާ ވިދިގެން އީރާނުން ވަނީ ޔޫރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމު ފަށައިފައެވެ. ރައީސް ބައިޑްން ގޮވައިލައްވަނީ މި މަސައްކަތް ވަގުތުން ހުއްޓައިލުމަށެވެ. ޠަހަރާނުން މި އެއްބަސްވުން ތަންފީޒު ނުކުރާނަމަ ވޮޝިންގްޓަނުން ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ވިދާޅުވިއެވެ.

އިސްރާއީލުން ދުލެއް ނުކުރާނެ

އީރާނުން ނިޔުކްލިއަރ ބޮމެއް އުފައްދައިފާނެތީ އިސްރާއީލު ވަރަށް ކަންބޮޑުވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިންޒާރު ކުރައްވާގޮތުގައި ތައްލު އަބީބުން އެކަނި ވެސް އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާނެއެވެ. އެއްވެސް ޙާލެއްގައި އީރާނު ނިޔުކްލިއަރ ޤައުމަކަށް ވުމަށް އިސްރާއީލު ދޫކޮށެއް ނުކޮށްލާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *