Support Us

ބުނެބަލާށެވެ!

ތިބާއަށް ވަގުފު އަހަރެން ނުކޮށް އޮތީ ކޮން އެއްޗެއް ހެއްޔެވެ؟

ހިތް ދިނީމެވެ. ވަގުތު ދިނީމެވެ. ޝުޢޫރުތަކުން އުފާކޮށްދިނީމެވެ.

ހުސް އެންމެ ވަގުތެއް ވެސް އަހަރެންގެ ބެނުމަކަށް ހުހެއް ނުކުރަމެވެ.

ހުރިހައި ވަގުތެއް ތިބާއަށް ފިދާ ކުރީމެވެ.

ބުނެބަލާށެވެ. ތިބާއަށް ވަގުފު އަހަރެން ނުކޮށް އޮތީ ކޮން އެއްޗެއް ހެއްޔެވެ؟

 

ފިކުރުތަކުން ބަރާވެފައިވާ އަހަރެންގެ ސިކުނޑިޔާ ތިބާ ބޭނުން ގޮތަށް ކުޅެމުއެވެ.

ޝައުގުވެރިވާ ކޮންމެ ކަމެއް، ދޫކޮށް ލީމެވެ. ޝައުގުވެރި ނުވާ ކޮންމެ ކަމަކަސް އެއީ ތިބާގެ ޝައުގަށް ނަމަ ގަޔާވީމެވެ. ތިބާއަށް ޓަކައެވެ.

ބުނެބަލާށެވެ. ތިބާއަށް ވަގުފު އަހަރެން ނުކޮށް އޮތީ ކޮން އެއްޗެއް ހެއްޔެވެ؟

 

ރޯޅިތައް ސަމާސާ ކުރާ އިރު އަހަރެން އިންނަނީ ތިބާގެ ލޮލަށް ބަލާށެވެ.

ކޯޅިތަކުން މާ ފޮޅޭ އިރު އަހަރެން އިންނަނީ ތިބާގެ މޫނަށް ބަލާށެވެ.

ތިބާގެ ނަޒަރުން އަހަރެން ގަނޑުކުރުވައެވެ. މުށިބުދެއް ހެން އަހަރެން އިންނަމެވެ.

ތިބާގެ ޖާދޫގައި ކަސްތޮޅު އެޅުނަސް ހެޔޮކަމުގައި ތިބާގެ ލަވަ އަހަރެން އަޑު އަހަމެވެ.

ކޮންމެ ލަވަޔަކަސް އެއީ އެންމެ ރީތި ލަވަޔަށް އަހަރެން ހަދަމެވެ.

ބުނެބަލާށެވެ! ތިބާއަށް ވަގުފު އަހަރެން ނުކޮށް އޮތީ ކޮން އެއްޗެއް ހެއްޔެވެ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *