ފުންކަނޑާ މާކަނޑުކަނޑޭ ނޫނޫ ޒުމައްރަދު ކުލަ އަރާ
ފުންވިލާ ފުން ފަޅުފަޅޭ ފީރޯޒު ކުލަކުލަ ނަލަ އަރާ
ރާޅުތައް ބޮސްދޭ ހިމޭނުން ބީހެމުން އައިސް ގޮނޑުދޮށަށް
ހާހަލާ ގިރި ވެސް ހިމާޔަތުގައި "ތިބީ” ނަލަ ފަރުފަރާ
ސާފު ނޫ އުޑުގައި ވިލާތައް ކޮޅުކޮޅަށް ދައުރާވަމުން
ސާފު މިނިވަން ރާއްޖެ ކުރަހާ ރީތިކޮށް ފަރި މަންޒަރާ
ރީތިކަން ތާރީފަކަށް ނަމަ ޖަންނަތޭ ބުނެވޭނެޔޭ
ބީހެޔޭ ނަލަ ރޯޅިތައް ހެނދުނާ ހަވީރާ ދަންވަރާ