Support Us

"ސަރުކާރު ކޯލިޝަނުން ހަމަ މިހާރު ވަކިވޭ"

މެލޭޝިއާގެ މިއަދުގެ ސަރުކާރު ހިންގާ ކޯލިޝަން ކަމަށްވާ "ޕްރީކަތާން ނާސިއޮނަލް" (ޕީއެން) އިން ވަކިވެ ސަރުކާރާ ގުޅުން ކަނޑައިލާން މެލޭޝިއާގެ "ޕަރްތުބުހާން ކަބަންގސައާން މެލާޔޫ ބަރްސަތޫ" (އަމްނޯ) ގެ ކުރީގެ ވަރަށް އިސް ބޭފުޅެއް ކަމަށްވާ، އަދި މިހާރު ވެސް ޤާނޫނު ހަދާ މަޖިލީހުގައި "ގުއާ މުސަންގ" ތަމްސީލުކުރައްވާ ތެންގކޫ ރަޒާލީ ހަމްޒާ، (ކޫލީ) ގޮވައިލައްވައިފިއެވެ.

(ކޫލީއަކީ، އޭނާއަށް ލޯބިން ރައްޔިތުން ކިޔާ ނަމެކެވެ. ތެންގކޫ އާއި ރަޒާލީގެ ފަހު އަޑުން ނަގައިގެން ކިޔާ ކުރު ނަމެކެވެ. ރަޒާލީގެ އަސްލަކީ ޣަޒާލީއެވެ.)

ކޫލީ ވިދާޅުވީ އަމްނޯގެ މަތީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އަމްނޯއިން ސަރުކާރާ ކޯލިޝަން ހަދާން ކުރީން ނިންމި ނިންމުން ބަދަލުކުރާން އެބަޖެހޭ ކަމަށެވެ. ޤާނޫނު ހަދާ މަޖިލީސް ހުއްޓުވައިފައި އޮންނަ އޮތުން ނިމުމަކަށް ނުގެންނަހާ ހިނދަކު މި ނިންމުން ނިންމާން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނުބައި ފިޔަވަޅެއް ނޫންތަ؟ ގުޅުން ކަނޑައިލާ! ޕީއެން ކޯލިޝަނުން ހަމަ މިހާރު ވަކިވޭ!"

'ވަޔަން ކުލިތު' ވެގެން ތިބުން ހުއްޓައިލާ! (މެލޭ ބަހުން "ވަޔަން ކުލިތުގެ" ލަފުޒީ މާނައަކީ ފޮރުވިފައިވާ ހިޔަންޏެވެ. އިޞްޠިލާޙީ ގޮތުން އެ މަފުހޫމު ބޭނުންކުރަނީ ޕަޕެޓަކަށް ވެގެން އުޅޭ އުޅުމަށެވެ. ނުވަތަ ބަޔެއްގެ ހިޔަނީގައި އުޅޭ އުޅުމަށެވެ.)

"އެއްވެސް ފައިދާއެއް ނެތް. އެއްވެސް އަސަރެއް ނުފޯރާ. އަމްނޯގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ކުރާ  އިޚުލާޞްތެރި އިލްތިމާސަކީ ސަރުކާރާއި ސަރުކާރު ގުޅިފައިވާ ކުންފުނިތަކުން އަވަހަށް ވަކިވުން، (ތާން ސްރީ) މުޙުޔިއްދީން (ޔާސީން) އަޅުގަނޑުމެންނަށް އެ ބިރުދައްކަވަނީ ސަރުކާރާ ދުރަށް ދާން،" ކޫލީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. "އިތުރަށް މަޑު ނުކުރޭ! ހަމަ މިހާރު ހުއްޓައިލާ! ތިޔަ ބޭފުޅުންގެއާއި އަމްނޯގެ ޝަރަފާއި ކަރާމަތާއި ނަޒާހަތްތެރިކަމަށް އިޙުތިރާމްކުރައްވާ!"

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، 15 ވަނަ ޢާންމު އިންތިޚާބުގައި އެއްބަސްވި އެއްބަސްވުން ނިމުމަކަށް ގެނައުން އެދި، މެލޭޝިއާގެ ބޮޑުވަޒީރު އަދި "ޕާޓީ ޕްރީބޫމީ ބަރުސަތޫ މެލޭޝިއާ"ގެ ރައީސް ތަން ސްރީ މުޙްޔިއްދީން ޔާސީނަށް އަމްނޯއިން މިހާރު ވަނީ ސިޓީއެއް ވެސް ފޮނުވައިފައެވެ.

ހަމަ މި ކަމާގުޅިގެން އިއްޔެ ހެނދުނުގެ ވަގުތެއްގައި ތެންގކޫ ރަޒާލީ ނެރުއްވި ބަޔާނެއްގައި ޤާނޫނު ހަދާ މަޖިލީހުން ޖަލްސާއެއް ބޭއްވިތާ ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި އަލުން ޖަލްސާއެއް ބާއްވާން މަޖިލީހަށް އަމުރުކުރެއްވުމަކީ ބޮޑު ރަސްގެފާނު (ޔަންގ ދި ޕަރްތުއާން އަގޮންގ) އައްސުލްޠާން ޢަބްދުﷲ ރިޢާޔަތުއްދީން އަލް މުޞްޠަފާ ބިﷲ ޝާހުގެ ދުސްދޫރީ ވާޖިބެއްކަމަށް ހަނދުމަފުޅުކޮށް އަރުވައިފައި ވެސް ވެއެވެ.

"ކޮންމެ ފަދަ، އަދި ހުރިހާ ޙާލަތެއްގައި ވެސް ޤާނޫނުއަސާސީ ނެގެހެއްޓުމަކީ ވާޖިބެއްކަން ހަނދުމަފުޅުކުރެއްވުމަކީ މުހިންމު ކަމެކެވެ. (އަދި) ޤާނޫނުއަސާސީއަށް އިޙުތިރާމްކުރައްވައި ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުމަކީ ރަސްގެފާނާއި ބޮޑުވަޒީރު (މުހިޔިއްދީން)ގެ މައްޗަށް އޮތް ދުސްތޫރީ ވާޖިބެކެވެ." ކޫލީ ވިދާޅުވެފައިވެއެވެ. "ހަމަސް ފާއިތުވާ އިރު، ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ބާއްވާން އަމުރުނުކުރައްވައި ނުހުންނެވުމަށް ޤާނޫނުއަސާސީ ލާޒިމުކުރެއެވެ."

ކޫލީ ވިދާޅުވި ގޮތުގައި ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި، ޤާނޫނީ ވާޖިބާއި، އަދާކުރާންޖެހޭ މަސްއޫލިއްޔަތު ދޫކޮށްލުން ތަޙައްމަލެއް ނުކުރެވޭނެއެވެ. "ޤާނޫނު ހަދާ މަޖިލީހަކީ ޤާނޫނުއަސާސީގެ ބޮލެވެ. އެ ތަން ބަރާބަރަށް ނިހިންގައި ޤާނޫނުއަސާސީއެއް މަސައްކަތެއް ނުކުރާނެއެވެ."

އަނެއްކޮޅުން، ބޮޑުވަޒީރުގެ އޮފީހުގެ ވަޒީރު ދާތޫ ތަޤިއްޔުއްދީން ޙަސަން އިއްޔެ ވިދާޅުވެފައިވާ ގޮތުގައި އޮގަސްޓް މަހު ފުރަތަމަ ދުވަހާ ހަމައަށް ދެމިގެންދާ ކުއްލި ޙާލަތުގެ ދުވަސްވަރު ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް ނުބޭއްވޭނެއެވެ.

ތެންގކޫ ރަޒާލީ (އަޞްލު ނަމަކީ ޣަޒާލީ) ބިން މުޙަންމަދު ހަމްޒާ އަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އެއީ ޝާހީ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ އަމީރެކެވެ. (ތެންގކޫގެ މާނައަކީ އަލްއަމީރެވެ.) އެ މަނިކުފާނު މަޝްހޫރުވެފައިވަނީ މެލޭޝިއާގެ އިޤްތިޞާދުގެ ބައްޕަގެ ގޮތުގައެވެ. އެއީ ސިޔާސިއްސަތީއެކެވެ. (ޕޮލިޓީޝަނެކެވެ.) މަޖިލީސް މެންބަރެކެވެ. އެއީ ކްލާންތަންގެ ރަސްގެފާނު ސުލްޠާން މުޙަންމަދުގެ ދެބެއިންގެ ދެދަރި ބޭފުޅެކެވެ.

އެ މަނިކުފާނު ވަނީ (1976ން 1984އަށް) މެލޭޝިއާގެ މާލީވަޒީރުކަމާއި (1984ން 1987އަށް) ބައިނަލްއަޤުވާމީ ވިޔަފާރިއާއި ޞިނާޢަތްތަކާބެހޭ ވަޒީރުކަން ކުރައްވައިފައެވެ. މީގެ އިތުރަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ރައީސްކަމާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްގެ ރައީސްކަން ވެސް ކުރައްވައިފައެވެ. އަދި މެލޭޝިއާގެ ތެޔޮ ކުންފުނި "ޕެޓްރޯނާސް"ގެ ފުރަތަމަ ޗެއަރމަންކަމާއި ސީއީއޯކަން ވެސް ކުރައްވައިފައިވެއެވެ. ހަމަ މިފަދައިން ވޯރލްޑް ބޭންކާއި އައިއެމްއެފްގެ ބޯޑް އޮފް ގަވަރނާރސް ގެ ޗެއަރމަންކަން ވެސް ކުރައްވައިފައިވެއެވެ.

ޓެންގކޫ ރަޒާލީ ހަމްޒާ އަކީ މިހާރު ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވަމުންގެންދަވާ އަދި ޚިދުމަތްކުރައްވައިފައިވާ މެންބަރު ވެސް މެއެވެ. އެމަނިކުފާނުގެ މަޤުބޫލުކަން ރައްޔިތުންގެ މެދުގައި ބޮޑުކަމުން ޢާންމު ނަމެއްގެ ގޮތުން "ރައްޔިތުންގެ އަމީރު"ނަމުން އަދި ބައެއް ފަހަރު "ކޫކިތާ" (އަހަރެމެންގެ އަމީރު)ގެ ނަމުން ވެސް އޭނާއާ ނިސްބަތްކުރެވެއެވެ. ޢާންމު ނަމެއްގެ ގޮތުން މަޝްހޫރުވެފައިވާ "ކޫލީ"އަކީ ކުރީން ވެސް ދެންނެވި ފަދައިން ތެންގކޫ ރަޒާލީގެ ފަހު ދެ އަޑެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *