ލޯބީގެ ނަމާ އޭގެ ހަގީގަތް ދުނިޔޭގައި
ހޯދާ ބެލުމުން ފެންނަ ދެފުށް ވޭ ދެސިފައިގައި
ލޯބީގެ ނަމާ ޚާލިސް ލޯތްބާއި ތަފާތޭ
ލޯބީގެ ނުވޭ ހަޑި އެދުމެއް ސާފު ހިތެއްގައި
ލޯބީގެ ނަމުން ނަން އެ ކިޔާ ހިތުގެ އުދާހީ
ގޯނާތަކެކޭ އޭ ވަގުތީ އޮންނަ އަވައިގައި
ލޯބީގެ ވެޔޭ ޖިސްމުތަކެއް ރޫޙު ނުލައްވާ
ދޯކާގެ އެއީ މޫސުމެކޭ ވާ އަނިޔައިގައި
ލޯބީގެ ޖަހާ މަޅި ހުރެއޭ ކެހިވެރި ޝައިޠާން
ރޯނާކަމުގައި ގޮސް ނުދެބޭށޭ އެމަޅީގައި
ލޯބީގެ ހަގީގީ ތަޢުރީފެއްގެ މިސާލީ
ރޯވާ އަލިފާނެއް އެއަކީ ހޫނު ހިތެއްގައި
ލޯބީގެ ނަމުން ލޯބި ވަނީ ދުލުގެ ކުރީގައި
ލޯބީގެ ވަނީ ޖައުހަރު ކުލުނާއި ފިދާގައި
