Support Us

ބާދޭ ޞަބާއަކީ ތިޔައީ އެވެ.

އެއީ މިހާތަނަށް ފެނުނު އެންމެ ރީތި ހަނދުވަރެވެ.

ކަލާގެ އުޖާލާ މޫނާ ހަނދު މުޤާބަލާ ކުރިއެވެ.

ހަނދުގެ ރީތި ރިހި އަލިން މުޅި ކައުނު ހުޅުދާންކޮށްލިއެވެ.

އެހެނަސް އެނގޭ ހެއްޔެވެ؟ އަހަރެންގެ ހިތަށް އަލިކަން ލިބުނީ  ތިޔަ ހަނދުގެ އަލިކަމުންނެވެ.

 

ބަހާރެއްގެ ފުރިހަމަކަން ބަޤީޗާއިން ފެނުނެވެ.

ރީތި ކުލަތަކުގެ މާތަކުން ޤުލްޝަނެއް ފަރިވިއެވެ.

ވަސްމީރު ހުވަނދުން މުޅި ފަޒާ އެއްވަސް ކުރުވިއެވެ.

އެހެނަސް ބުނަން ހެއްޔެވެ؟ މި ހަޔާތުގެ ޢަބީރަކީ، ޒީނަތަކީ ތިޔައީއެވެ.

 

އުޑުގައި ވާ ވިލާތައް ތަފާތު ވަގުތުގައި އެތުރި ގެނެސްދޭ މަންޒަރުގެ ކުލަ ރީއްޗެވެ.

ކަނޑާ މޫދުގެ ރާޅުތަކުން ގެނެސްދޭ މިއުޒިކީ އަޑު ރީއްޗެވެ.

ޖައްވުގައި އުދުހޭ ދޫނިތަކުގެ ރީތި ލަވަތަކުން އުފާވެރިކަން ގެނެސްދެއެވެ.

އެހެނަސް އަހަރެންގެ ކަންފަތަށް އެންމެ އަރާމު އަޑަކަށްވަނީ ތިބާގެ ހުނުމާ، ވާހަކަދެއްކުމުގެ ޖާޒުބީ އަޑެވެ.

 

މޫސުމުގެ ރީތި ރޯޅިވައި ޖިސްމުގައި ބީހިލިއެވެ.

ހޫނެއްގެ ހިލަންވެސް ނުވާފަދައަކުންނެވެ.

ފިނި އަރާމުން ހިތްތަކަށް ހަމަޖެހުން ގެނެސްދިނެވެ.

އެހެނަސް ޔަޤީންވަނީ މި ހިތުގެ ބާދޭ ޞަބާއަކީ ތިބާކަމެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *