"ދިވެހި ގައުމީ ހަރަކާތް" ނުވަތަ ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އުފެއްދުމަށް މަސައްކަތް ފެށިކަން އިއުލާންކުރުމަށް މާދަމާ ރޭ ހާއްސަ އިވެންޓެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި އިވެންޓުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ޑީ.އެން.އޭގެ އިސް އޮފިޝަލަކު "އަދިވެސް" އަށް ވިދާޅުވީ ޑީ.އެން.އޭ އުފެއްދުމަށް މަސައްކަތް ފެށިކަން އިއުލާންކުރުމަށް ބާއްވާ ހާއްސަ އިވެންޓު މާދަމާ ރޭ 9 ޖަހާއިރު ސަންގު ޓީވީން ދުރަށް ދައްކާނެ ކަމަށެވެ. މި އިވެންޓުގައި، ދުންޔާ އާއި އުމަރު ދައްކަވާ ވާހަކައިގައި، ރާއްޖޭގެ ދީނީ، ގައުމީ އަދި ސިޔާސީ މަޝްރަހުގެ އަދުގެ ހާލަތާއި، މި ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ވަރުގަދަކުރުމުގެ ރޫހެއް އުފެއްދުމަށް އިލްމީ، ފަންނީ އަދި ސިޔާސީ ފަރާތްތައް ގުޅިގެން ކުރެވިދާނެ ކަންކަމަށް އަލިއަޅުއްވާލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުންޔާ އާއި އުމަރުގެ އިތުރުން ވެސް، ދެތިން ހަތަރު ބޭފުޅަކު މާދަމާ ރޭގެ އިވެންޓުގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މާދަމާ ރޭގެ އިވެންޓުން ވަރަށް ގިނަ ކަންކަން ސާފުވެގެންދާނެ. މި އިވެންޓާ ގުޅޭ ހުރިހާ ކަމެއްހެން މިހާރު ހަމަޖެހި ނިމިފައި ވަނީ."
އިލްމީ، ފަންނީ އަދި ސިޔާސީ ވަރަށް ގިނަ ތަޖުރިބާކާރުން މިހާރު ވެސް ޑީ.އެން.އޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެ ހަރަކާތުގައި ބައިވެރިވުމުގެ ދޮރު އާންމުކޮށް ހުޅުވާލައިފައިވާ ކަމަށް ޑީ.އެން.އޭގެ އޮފިޝަލު ވިދާޅުވިއެވެ.
"މި ހަރަކާތާ މެދު ތަފާތު ގޮތްގޮތަށް މީހުން އެބަ ވާހަކަ ދައްކާ. އެކަމަކު މިއީ ވަކި މީހެއްގެ ހަރަކާތެއް ނޫން. ވަކި ކަމަކަށް އަމާޒު ހިފައިގެން ކުރިއަށް ގެންދާ ހަރަކާތެއް ވެސް ނޫން. ގައުމީ އެކިއެކި ކަންކަމުގައި މަޝްވަރާކޮށް، ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ވަރުގަދަކުރުމުގެ ރޫހެއް އުފެއްދުމަށް ފަށައިގަންނަ ގައުމީ ހަރަކާތެއް މިއީ. އެހެންވެ މި ކަމުގައި ވީހާ ގިނަ ބައެއްގެ ބައިވެރިވުމާއި އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ."

ޑީ.އެން.އޭގެ ވިސްނުން އުފަންވެގެން، އެކަމާ މަޝްވަރާކުރާތާ ދުވަސްކޮޅެއްވެއްޖެ ކަމަށާއި ޑީ.އެން.އޭގެ ހަރަކާތްތައް ބައްޓަންކުރުމަށްޓަކައި އަގުދުނާމާއެއްގެ ދެލިކޮޕީއެއް ވެސް އެކުލަވާލައި، ލޯގޯއެއް ވެސް ފަރުމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަގުދުނާމާ އާއި ލޯގޯ ވެސް ފައިނަލްކުރާނީ، ގިނަ މެމްބަރުންގެ މަޝްވަރާއަށްފަހު ކަމުގައި އޭނާ ވިދާޅުވިއެވެ.
"އިލްމީ، ފަންނީ އަދި ސިޔާސީ ވަރަށް ގިނަ ތަޖުރިބާކާރުން މިހާރު ވެސް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވަމުން އެބަގެންދަވާ. ވަޒީރުކަން ކުރައްވާފައިވާ ވަރަށް ގިނަ ބޭފުޅުންނާއި އޮފީސްތަކުގެ ވެރިންގެ ފެންވަރުގައި މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ވަރަށް ގިނަ ބޭފުޅުންނާއި ޕީ.އެޗް.ޑީ ހައްދަވާފައިވާ ވަރަށް ގިނަ ބޭފުޅުންނާއި ވިޔަފާރިވެރިން ވެސް އެބަތިއްބެވި،" ޑީ.އެން.އޭގެ އޮފިޝަލު ވިދާޅުވިއެވެ. "މި ހުރިހާ ބޭފުޅުންގެ މަޝްވަރާގެ މަތިން މާދަމާ ރޭ މި ބާއްވަނީ ޑީ.އެން.އޭ އުފެއްދުމުގެ މަސައްކަތް ފެށިކަން އިއުލާންކުރުމަށް ބާއްވާ ހާއްސަ އިވެންޓެއް. އޭގެ ފަހުން ހަރަކާތްތައް ރާވައި ކުރިއަށް ގެންދާނީ."



advertisment
3 Responses
mdp ge mudhaaru harakaiythakuga baiveri vefa huri ekaku huttas masheh gaatheh nuvvaanan.
މިއީ މައުމޫނުގެ މަކަރުވެރި ރޭވުން. އަމިއްލަ އެދުން. އެމްޑިޕީ ކޯލިޝަންގައި ފާރިސާއި ޔުމްނާ. ޕީޕީއެމްގައި ޣައްސާން. އެމްއާރުއެމްގައި މައުމޫން. ދެން ތިޔަ ހަދާ ޑީއެންއޭގައި ދުންޔާ. ކޮންމެ ޕާޓީއަކަށް ވެރިކަން ލިބުނަސް މައުމޫނަށް ސެއްލަ. މއީ ވޯޓް ބައިބައިކޮށްގެން އެމްޑީޕީގެ ގޮނޑިކޮށްކޮ ސަރުކާރެއް މިތާގައި ބާއްވާން މައުމޫނު ޖަހާ ސަކަރާތެއް. ރައްޔިތުން ތަޖުރިބާއިން ޢިބަރަތް ޙާޞިލުކުރާތި! ދިވެހި ޤައުމު އިސްލާމީ ހިދާޔަތުގައި މުސްތަޤިއްލު ޤާއުމެއްގެ ގޮތުގައި ބާއްވާން ބޭނުން އެންމެން ކޮންމެ އިންތިޚާބެއްގައި ވެސް ރުކަށް ވޯޓު ދީ! މަޖާކުރުމާއި ލާދީނިއްޔަތަށް ތާއީދުކުރާ އެންމެން އެމްޑިޕީއަށް ވޯޓުދީ! ދެން ހުރި ޕާޓީތަކަކީ ވޯޓު ބައިބައިކުރާން ހުންނަ ޕާޓީތަކެއް. ރާއްޖޭގައި އޮތީ ދެ ފިކުރެއް. ލިބަރަލް ފިކުރާއި ކޮންޒަރވޭޓިވް ފިކުރު. އަނެއް ދިވެހިރާއްޖޭގެ ފިކުރާއި ޤައުމިއްޔަތުގެ ފިކުރު. މިކަމަށް ހުރިހާ ރައްޔިތުން ވިސްނަވައި ވޯޓުދެއްވާ. ގިނަ ބަޔަކު ބޭނުންވަނީ މަލިކު ފަދައިން އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި އޮންނާން ކަމަށް ވާނަމަ، ނުވަތަ ސިންގޕޫރު ފަދައިން ކުރިއަރައިފައިވާ އިޤްތިޞާދީ ބާރަުގަދަ ޤާއުމެއް ކަމަށް ވާން ބޭނުން ނަމަ، އަޣުލަބިއްޔަތުން އެކަން ނިމޭނެ. އެމްޑީޕީއާއި ޕީޕީއެމް ކުރެން ބޭނުން ޗޮއިސް އެއް ޚިޔާޜުކުރޭ. އެހެން ޕާޓީތަކަކީ ވެރިކަމުން ބައިކުޅަބައި ހޯދާން ބޯކޮށްޕާ މީހުން
ބަލަންހުރޭ. މަަރީ ތިޔަބުނި ދެފިކުރުގެ އަވާގައި ގައުމުޖެހި ހަލާކުވެއްޖެ. ތީ ވަރަށް ނެރޯ ފޯކަސް ވިސްނުމެއް. ކުރިން ހީކުރީ މައުމޫނު ނޫން މީހެއް މިގައުމުގައި ވެރިކަން ނުކުރާނެހެން. ދެން އެހެނެއްނޫންދޯ ވީކީ. ވީއިރު ދެފިކުރެއްގައި ޖެހިގެން ނުނެއްޓިގެން އުޅޭންޖެހޭ ސަބަބެއް އެބައޮތްތޯ