Support Us

ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުވާޞަލާތީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ -ފޮޓޯ: އެޗް.ޑީ.ސީ

ހިޔާ ފްލެޓްތަކަށް ބޭނުންވާ މުވާޞަލާތީ ހުރިހާ ހިދުމަތެއް އެއް ނެޓްވޯކަކުން 

ހިޔާ ފްލެޓްތަކަށް ބޭނުންވާ މުވާޞަލާތީ ހުރިހާ ހިދުމަތެއް ދޭނީ އެއް ނެޓްވޯކަކުން ކަމުގައި ހުޅުމާލެ ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެފިއެވެ.

އެޗް.ޑީ.ސީން ބުނީ ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓް ސަރަޙައްދުގެ "އޯޕަން އެކްސެސް ނެޓްވޯކް"ގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތްތައް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

މި މަސައްކަތް ފުރިހަމަވުމުން ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން މި ޔުނިޓްތަކަށް ބޭނުންވާ ހުރިހާ މުވާޞަލާތީ ޙިދުމަތްތަކެއް އެއް ނެޓްވޯކަކުން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި އޯޕަން އެކްސެސް ނެޓްވޯކްގެ ދަށުން މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުވާޞަލާތީ ވިއުގައަކުން ގުޅާލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރ ޤާއިމުކުރެވިގެންދާނެ ކަމުގައި ވެސް އެޗް.ޑީ.ސީން ބުނެއެވެ.

ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުވާޞަލާތީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ -ފޮޓޯ: އެޗް.ޑީ.ސީ

"އަދި މި ނެޓްވޯކްގެ ސަބަބުން މިހާރު މުވާޞަލާތީ އެކި ހިދުމަތްތައް ދެމުންދާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައި މި ކޯޕަރޭޝަނުން ޤަބޫލުކުރަމެވެ. މި ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހުޅުމާލެ އަކީ ޒަމާނީ ވަސީލަތްތަކާއި އެކު ދިރިއުޅެން ފަސޭހަ އަވަށަކަށް ހެދުން ކަމުގައި ފާހަގަކުރަމެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *