Support Us

ދުނިޔެއާ މެދު ފުޅާ ނަޒަރުން ދެކޭށެވެ!

ކޮންމެ ކަނޑަކީ ފުންކަނޑެކެވެ.

އެހެނަސް އެ ފުންކަމުގެ ފުންކަން ތަފާތެވެ.

އެ ކަނޑުތަކުގެ އޮޔާއި ރާޅުތަކުގެ ހާލަތު އެކި އިރުވަރަށް ތަފާތެވެ.

ތިބާގެ ދަތުރެގެ މަންޒިލްތަކަށް ވާސިލްވުމުގެ އަމާޒުތަކަށް އަރައިފާނެ ގުޑުންތަކަަށް ވިސްނާނީ ތަފާތު ނަޒަރުންނެވެ.

ދުނިޔެއާ މެދު ފުޅާ ނަޒަރުން ދެކެމުންނެވެ.

 

ކޮންމެ ފަރުބަދައަކީ އުސް ފަރުބަދައެކެވެ.

އެހެނަސް އެ އުސްކަމުގެ އުސްކަން ތަފާތެވެ.

އެއިން ކޮންމެ ފަރުބަދައެއްގައި އެތައް ކުންނެއް ވެއެވެ. ކޮންމެ ކުންނެއްމެ ބަޔާން ކުރަނީ އެއް ވާހަކައެކެވެ. އެހެނަސް އެ ވާހަކަތަކުގެ ކުންނު ތަފާތެވެ.

 

ކޮންމެ ފަރުބަދައަކަށް ވާދީއެއް ވެއެވެ. އެހެނަސް އެ ވާދީތަކުގެ ފެހިކަމާއި އުސްބިންކޮޅުކޮޅުގެ ފުރިހަމަކަމާއި ނަލަކަން އެކި މޫސުންތަކުގައި ތަފާތެވެ.

ތިބާގެ މަންޒިލްތަކަށް ވާސިލްވުމުގެ އަމާޒުތަކަށް އަރައިފާނެ ލޮޅުންތަކާ  މެދު ތަފާތު ނަޒަރުންނެވެ.

ދުނިޔެއާ މެދު ފުޅާ ނަޒަރުން ދެކެމުންނެވެ.

 

ތިބާ އުޑަށް ބަލައިލަބަލާށެވެ.

ފެންނަން އޮތް ފަޒާގެ ކުލަތައް ތިބާއަށް އެބަ ފެނޭ ހެއްޔެވެ!

ވިލާތަކަށް އަންނަ ބަދަލުތައް އެބަ ފެނޭ ހެއްޔެވެ!

ތިބާއަށް މެންދުރު ފެންނަނީ ތިބާ ހެނދުނު ދުށް ފަދައިން ހުރި އިރެއް ހެއްޔެވެ!

ތިބާއަށް ހަވީރުގެ އިރު ކިޔައިދޭ ސިއްރީ ނާވިލް ފެނޭ ހެއްޔެވެ! އޭގެ ކުންނުން ތިބާއަށް ދެނީ މާސިންގާ ކަނޑެއް ފަދަ ފުންކަނޑެއްގެ ފުންފުން އިބުރަތެވެ.

މާސިންގާ ފަރުބަދައެއްގެ އުސްއުސް ދަރުހެކެވެ.

 

ތިބާގެ މަންޒިލްތަކަށް ވާސިލްވުމުގެ އަމާޒުތަކަށް އަރައިފާނެ ގުޑުންތަކާއި ލޮޅުންތަކާ މެދު  ވިސްނާނީ ތަފާތު ނަޒަރުންނެވެ.

ދުނިޔެއާ މެދު ފުޅާ ނަޒަރުން ދެކެމުންނެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *