Support Us

ދުނިޔެމީ ކީއްކުރާ ތަނެއް؟

ދުނިޔެ ވަގުތީ ތަނެއް ކަމުގައި ބަލައިގެން ނެތް އުޅޭމީހެއް
ދުނިޔެ ނިމި އާޚިރަތް އަންނާނެ ކަމުކައި ނެތް ދެކޭމީހެއް
ދުނިޔެ އެއްކޮށް ލިބުނުނަމަވެސް ނެތޭ އެވަރުން ފުދޭ މީހެއް

އަވަދި ނެތިގެން އުޅޭތަން ފެންނަނީ ދުނިޔޭގެ އެދުމައިގެން
އަބަދުވެސް ރާވަނީ ތިބެ މީހަކަށް ކެއްސެއް ދެވޭނެ ގޮތެއް
ބަދަލު ހިފުމާއި އަނިޔާނޫން ކަމެއް ވިސްނައި ނެތޭ މީހެއް

ތިމާ ނޫން މީހަކަށް ރަނގަޅެއް މޮޅެއް ލިބުމަށް އެދޭމީހެއް
ތިމާޔަށް މުޅިދުނިޔެ ލިބުނަސް އެއިންވެސް ހިތްފުރޭ މީހެއް
ހިތާ ނަފުސުން ޝުކުރުވެރިވާން މިތާކު ނެތޭ އެނގޭ މީހެއް

މިދުނިޔޭގަ އިއުޅޭއިރުގައި އެހެން އަދި ދުނިޔެއެއް ވާކަން
މިދުނިޔޭގައި ކުރާ ޢަމަލަށް އެދުނިޔޭގައި ޖަޒާ ހުރިކަން
މިހުރިހާ ކަންކަމާ މެދުގައި ނެތޭ ވިސްނައި އުޅޭ މީހެއް

މިތަނުގައި މަރުވެ ދާނެކަމާ ޤިޔާމަތް ޤާއިމް ވާނެކަމާ
ޞިރާޠުމަގާ ޖަހައްނަމަޔާ ކިރައި މީޒާނުގައި ދެފަތާ
ތިމާޔަށް ހުރި ގޮތާ މެދުގައި ނެތޭ ބިރުވެތި ވެވޭ މީހެއް

ލިބޭ ތަނަވަސްކަމުގެ ބޭނުން ހިފޭނަމައީ ހިފޭ ގޮތަކަށް
ލިބޭ އުފަލެއް މިދުޔޭގައި ލިބޭނަމައީ ލިބުނު ގޮތަކަށް
ތިބޭއިރު ހޯދުމަށް ދުނިޔޭން ނެތޭ ބިރުގަންނަ ވެސް މީހެއް

ތިމާޔަށް ދުނިޔެ ދެއްވި ގޮތާ ތިމާޔަށް ރިޒުގު ދެއްވި ގޮތާ
ތިމާ މުއްސަނދި ކުރެއްވި ގޮތާ ފަހުން ކަންތައް ދިމާވިގޮތާ
ތިމާ ބާރެއް ނުފޯރި ކަމާ ޤަބޫލު ކުރާނެ ނެތޭ މީހެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *