Support Us

މާދަރީ ބަހާމެދު ފަޚުރުވެރިއެއްނުވޭ!

މި ގައުމެއްގައި ނެތޭ މުސްތަގްބަލެއް އަދި މާދަރީ ބަހަކަށް
މި ގައުމުގެ ކުރިމަގެއް ފެންނާކަށެއް ދެން ނެތް ދިވެހި ބަހަކަށް

ފެށޭ ޢުމްރުގެ ނެތޭ ޢަޒުމެއް ދިވެހިބަހަކަށް އެހާ ޝައުޤެއް
ހެވޭ! ބަސް މޮށެ އުޅޭކަށްވެސް އަމާޒެއް ނެތް ދިވެހި ބަހަކަށް

ނެތޭ އެއްވެސް އޮފީހެއް ކުލަބު ޖަމްޢިއްޔާ ޖަމާޢަތަކަސް
ނެތޭ އެއްވެސް މަގާމުގެ ދަރަޖައެއް ދެވިފާ ދިވެހި ބަހަކަށް

ލިޔާ ރަސްމީ ނުރަސްމީއެއް ކިޔާ ނުކިޔާ އެކައްޗެއްވެސް
ލިޔާ ލިޔުމާ ކިޔާ ކިޔުމުން ނެތޭ ހަމައެއް ދިވެހި ބަހަކަށް

ކިޔާލަން ނޫސް މަޖައްލާއެއް އަހާލަން މީޑިޔާ ޚަބަރެއް،
ކިޔާނަމަ ހާލު އަދި މާދެރަ ނެތޭ ހަމައެއް ދިވެހި ބަހަކަށް

ލިޔާ މެސެޖާ، ސިޓީ، އިޢުލާނު، ދިވެހި ދައުލަތުގެ ގެޒެޓުތަކާ،
ލިޔާ ނަންބޯޑު ލިޔުމަށްވެސް ނެތޭ ހަމައެއް ދިވެހި ބަހަކަށް

އަމިއްލަ ބަހަށްވުރެން ބޭރު ބަހުން ލިޔެ ކިޔުމުގައި މާމޮޅު،
އަމިއްލަ ބަހަށް ވިޔަސް ލޯތްބެއް ނެތް މާދަރީ ދިވެހި ބަހަކަށް

ނެތޭ މިބަހުން ހަދާ ޑިގްރީގެ ބާޒާރެއް މިގައުމެއް ގައި
ނެތޭ ޑިގްރީ އޮތަސް އިސްކަން ދެވޭނެ ގޮތެއް ދިވެހި ބަހަކަށް

އަމިއްލަ ބަހެއް އޮތީމާ ދެން ބަހާ މެދު ފަޚުރުވެރި ވިޔަކަސް
ވަކިން އެބަހެއްގެ ޝަރަފާ ފަޚުރު ޙައްގު ނުވޭ އަމިއްލަ ބަހަށް

ސުކޫލު ތަކުން ނިމޭއިރުވެސް އަމިއްލަ ބަހުން އަކުރު ލިޔެލަން
ސުލޫކެއް ދަސްވެފައި ނެތްކަން، އުޞޫލެއްނެތް ދިވެހި ބަހަކަށް

އަމިއްލަ ބަހެއް އަމިއްލަ ވަތަނުގައި އޮތް ޙާލު ބުނެދޭއިރު،
އަމިއްލަ ލޮލުން އޮހޭ ކަރުނުންނެ! ތެމި ފޯވޭ ލިޔުނު ވަރަކަށް

"ދިވެހިބަސް ކުރިއަށް މިދަނީ ބަޔަކު މަޝްހޫރުވާން" ކިޔަކަސް،
"ދިވެހިބަސް ނެތި މިގައުމުން ދާން އަހަރު ދެން ވާނި ދިހަވަރަކަށް"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *