ހަސަދަ ހިތުގައި އުފަންވީމާ، ނެތޭ ހެޔޮ އެއްކަމެއް ކުރެވޭ
ކަސަބު ބޯވަޅު ކިނާރީގައި ނެތޭ ވިދުމެއް ބަލަން އެދެވޭ
އެކީމެކި ހިތް އުފާކުރަމުން، ހިތުގެ ސިއްރާވަމުން ހިއްސާ
ވިކާ ހިތު ލަކުނުތައް ތޮށިފަށް، ލުމުން ނައްޓާ އުފާނުވެވޭ
ހިތުން ކުށް ހީ އުފައްދައިގެން، އެ ހީ ގައި ނަފްސު ބަނދެލައިގެން
ރިތެއް ކަމުގައި ހަސަދަލައިގެން، ކެނބީމާ ކުރިއަކަށް ނުދެވޭ
އަތުން ހީލަތުގެ ރޮދި ލައްވާ، ފަހާ ހެދުމުން ވިޔަސް ފަރުދާ
ނިތުގެ ރޫތައް އިތުރުވީމާ، ހިމޭންކަން ތިޔަ ހިތާ ދުރުވޭ
ދުލުން ވިހަ ލަފުޒުތައް އަމުނާ ކަރަށް މާފަތި އުކައިލީމާ
އަލުން ހިނިތުންވަމުން ކުރުނީސް، ކުރާކަށް ހިތް ނުވެސް ރުހެވޭ
ހިތަށް ނަފްރަތުގެ ހުޅުލައިގެން، އެއަށް ފުމެ އަންދަމުން ދައްކަން
އަތުން ފިރުމާލިޔަސް ލޯބިން، ހިތަށް ލައްޒަތު ނެތޭ ލިބެވޭ