...

Support Us

ފަރަންސޭސި މަހުޖަނަކު ގެންގުޅުނު ޔޮޓެއް ފެތިއްޖެ

ފަރަންސޭސި ވިލާތުގެ ނުފޫޒުގަދަ ވިޔަފާރިވެރި މަހުޖަނެއް ކަމުގައިވާ ބަރނާރޑް ޓެޕީ، އެއް ދުވަސްވަރެއްގައި ގެންގުޅުނު ރިޔާނެގި ޔޮޓެއް މެލޭޝިއާގެ އައްސޭރިފަށަށް ފެތިގެން އަޑިއަށް ހިނގައްޖެއެވެ.

މި ޔޮޓް އަޑިއަށް ދިޔައީ އަލިފާންރޯވެ އަނދައިގެން ކަމަށް ޚަބަރުލިބެއެވެ. މެލޭޝިއާގެ އައްސޭރި ބަލަހައްޓާ އިދާރާގެ އޮފިޝަލަކު މިކަން ކަށަވަރުކޮށްދީފައިވަނީ އާދީއްތަ ދުވަހުއެވެ.

މެލޭޝިއާގެ އައްސޭރި ޙިމާޔަތްކުރާ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި 75 މީޓަރު (246 ފޫޓް) ގެ "ފޯޝިއާ" ނަމަކަށް ކިޔާ ޔޮޓު ފެތިގެން އަޑިޔަށް ދިޔައީ ހުކުރުދުވަހު ހެނދުނު ގާތްގަނޑަކަށް ފަހެއް ޖަހާ އެހާކަންހާއިރުއެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެ ޔޮޓް އަޑިއަށް ދިޔައީ ހުކުރު ދުވަހު ހެނދުނު ހަޔެއް ޖަހާ އެހާކަންހާއިރު ކަމަށް،" އައްސޭރިފަށް ބަލަހައްޓާ އިދާރާގެ އިސް އޮފިޝަލެއް ކަމަށްވާ މުޙައްމަދު ޒަވާވީ ޢަބްދުﷲ ވިދާޅުވިއެވެ. "އަޅުގަނޑުމެން އަލިފާން ނިއްވައިލުމުގައި ކާމިޔާބު ހޯދުނު ކަމުގައި ވިޔަސް "އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން ބަނޑުފިލާ ހަލާކުވެފައިވާތީ ޔޮޓު ފެތުނީ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އޮފިޝަލް އިތުރަށް ހާމަކުރެއްވި ގޮތުގައި ޔޮޓުގައި އަލިފާން ހިފާން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި ކަމާބެހޭ އިދާރާތަކުން މިހާރުވަނީ ތަޙުޤީޤު ފަށައިފައެވެ. އަދި ޔޮޓުގެ އޮޑިވެރިއެއްގެ ގޮތުން ހަވާލުވެ ހުންނަ މީހާއަށް ވެސް މި ކަމުގެ މަޢުލޫމާތު ފޯރުކޮށްދެވިފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އެ ޔޮޓްގެ ހަތް ފަޅުވެރީން ސަލާމަތްކޮށްފައެވެ. އެ މީހުން ސަލާމްތަކުރެވުނީ ޔޮޓުގައި އަލިފާން ރޯވިކަމުގެ ސަމާލު، އަލިފާން ނިއްވި މީހުންނަށް ކުރިން ލިބިފައިވާތީކަމަށް ޚަބަރު ލިބެއެވެ.

ފަރަންސޭސި ދަތުރުވެރިއެއް ކަމަށްވާ އެލައިން ކޮލާސް 1976 ގައި ބަން މި ޔޮޓުގެ މިލްކުވެރިކަން 1980 ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި އޮތީ ޓެޕީއަށެވެ.

ލުބްނާނުގެ ފައިސާވެރި އަންހެނަކަށް 36.5 މިލިއަން ފްރޭންކްސް (7.5 މިލިއަން ޔޫރޯ) އަށް އެ ޔޮޓް ފަހުން ވަނީ ވިއްކައިލައިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓެޕީއަކީ ވަރަށް ސާދާ ފެށުމަކުން ފަށައިގެން ކުޅިވަރާއި މީޑިއާގެ ދާއިރާގައި ރަސްކަންކުރެއްވި ބޭފުޅެކެވެ. ޓެޕީއަކީ ކުރީގެ ސޯޝިއަލިސްޓް ވަޒީރެއް ވެސް މެއެވެ. ނަމަވެސް ފަހުން ޤާނޫނީ މައްސަލަތަކަކުން ބަނދެވި މައްސަލަތަކާ އޭނާ ވަނީ ކުރިމަތިވެފައެވެ.

އޭނާގެ މި މަސައްކަތުގެ ކުރީކޮޅުގައި ޓެޕީގެ ނަސީބު ކިތަންމެ ރަނގަޅަސް އޭނާގެ ފަހުންފަހުން ވަނީ ތަނަވަސްކަމަށް ލޮޅުން އަރައިފައެވެ. އޭނާ ކުރީން ޔޮޓެއްގަތުމުގެ އިތުރަށް ފުޓްބޯޅަ ނާޑެއް ވެސް އޭނާ ވަނީ ގަނެފައެވެ. (އޭއެފްޕީ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *